އެފްއޭކަޕް: ވެލެންސިއާ ބަލިކޮށް މާޒިޔާ ސެމީއަށް

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ 2-1 ލަނޑުން ވެލެންސިއާ ބަލިކޮށް މާޒިޔާ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކޮށްފިއެވެ.
ރޭ ކުޅުނު މެޗްގެ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި މާޒިޔާއަށް ލީޑް ނަގައި ދިނީ އުރުގުއޭ ފޯވަޑް ފެނާންޑޯ ހަވިއޭ ރަމިރޭޒް ޗަޕާރޯ އެވެ. އެ ލަނޑާއެކު އިދިކޮޅު ވެލެންސިއާގެ ކުޅުން ހަލުވިކޮށް، ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެވޭތޯ ކުރި މަސައްކަތް ނިމުމަކަށް އައީ، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމުމުންނެވެ.
މެޗްގެ ދެ ވަނަ ހާފުގެ ކުރީކޮޅު ވެލެންސިއާގެ ރިލޭއަށް ގޯލެއް ޖަހާ ނަތީޖާ އެއްވަރު ކޮށްލުމުގެ ރަނުގެ ފުރުޞަތެއް ލިބުނު ނަމަވެސް، އެފުރުޞަތު އޭނަ ވަނީ ބޭކާރު ކޮށްލާފައެވެ.
މިދިޔަ އަހަރުގެ އެފްއޭ ކަޕުގައި ވެލެންސިއާ އަތުން މާޒިޔާ ޕެނަލްޓީ ޖަހައިގެން ކެޓި ނަމަވެސް، ރޭ ކުޅުނު މެޗުގެ އުންމީދުތައް އެޓީމަށް އާކޮށްދިނީ 81 ވަނަ މިނެޓުގައި އަހުމަދު ރަޝީދު (އައްމަޑޭ) ޖަހައިދިން ލަނޑުންނެވެ.
ދެހާސް ފަސް ވަނައަހަރުގެ އެފްއޭކަޕްގައި ވާދަކުރުމަށްފަހު މުބާރާތުން ވަކިވާން ޖެހުނު މާޒިޔާކޮޅަށް ރޭގެ މެޗުގައި ވެލެންސިޔާއިން ޖެހި ހަމައެކި ގޯލް އެޓީމުން ޖެހީ މެޗްގެ 84 ވަނަ މިނެޓުގައެވެ.
ފާއިތުވި ހަ އަހަރު އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ކަޓާފައިވާ މާޒިޔާ ރޭގެ މެޗުން މޮޅުވެ، ސެމީއަށް ދަތުރު ކޮށްފައި ވާއިރު، ސެމީގައި މާޒިޔާ ވާދަކުރަން ޖެހޭނީ ކުއާޓާ ފައިނަލުގެ ހަތަރު ވަނަ މެޗުގައި މިރޭ ވިކްޓަރީ އާއި ދެ ވަނަ ޑިވިޝަނުގެ ރިވާސައިޑް ކުޅެ މޮޅުވާ ޓީމަކާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ