ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުހައްމަދު ނާޒިމްގެ މައްސަލައިގައި ފުލުހުން ޢަމަލުކުރީ ކޯޓުގެ ފަނޑިޔާރަށް ވެސް އޮޅުން އަރާ ގޮތަށް ކަމަށް ނާޒިމްގެ ދިފާޢީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
އެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ވަަކީލު އަލްއުސްތާޒް މައުމޫން ހަމީދު ވިދާޅުވީ، ނާޒިމްގެ ގޭގައި ހަތިޔާރު ހުރިކަމުގެ މަޢުލޫމާތު ލިބިގެން، ކޯޓު އަމުރު ހޯދުމަށް ފަނޑިޔާރުންގެ ކުރިމައްޗަށް ހާޒިރުވީ އެ މަޢުލޫމާތު ލިބުނު ފުލުހެއް ނޫން ކަމަށެވެ.
"ނާޒިމްގެ ގެޔަށް ވަނުމުގެ ކުރިން އެ އަމުރު ހޯދުމަށް ވަޑައިގެންނެވި އިންވެސްޓިގޭޓިންގ އޮފިސަރ ވަޑައިގެންނެވީ އެބޭފުޅާގެ ކިބައިގައި އެމަޢުލޫމާތު ހުރެގެނެއް ނޫންކަން މުއްދަތު މަޖިލީހުގައި ތަހްޤީޤު ކުރާ ފަރާތުން ވިދާޅުވި ބަހުން [ހާމަވި]. [ހާމަވީ] އެއީ ވެރިންއަންގައިގެންކަން. ވެރިންނަށް މަޢުލޫމާތު ލިބުނީ ކިހިނެއް ކަމެއް ނޭނގޭ. އަމުރު ހޯދުމަށް ވެރިން ވަޑައިނުގަތީ ކީއްވެކަމެއް ނޭނގޭ،" މައުމޫން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ކޯޓު އަމުރު ހޯދުމަށް ފަނޑިޔާޜުން ކުރިމައްޗަށް ދާން ޖެހޭނީ، އެމަޢުލޫމާތެއް ލިބިފައިވާ މީހާ ކަމަށެވެ.
"އެމީހަކަށް ނުކެރުނު ހާޒިރުވާކަށް. ހާޒިރުވެ، ހުވާ މަތީގައި ހުރެގެން އެމީހަކަށް ނުކެރުނު ދަަންނަވަން، މިއޭ ލިބުނު މަޢުލޫމާތަކީ. ކަން ކުރި ގޮތަކީ، ދަށަަށް ހުންނެވި ޖޫނިއަރ އޮފިސަރެއް ފޮނުވައިގެން ވިދާޅުވީ މިއޭ ލިބުނު މަޢުލޫމާތަކީ،" މައުމޫން ވިދާޅުވިއެވެ.
މައުމޫން ވިދާޅުވީ، ނާޒިމްގެ ގޭގައި ހަތިޔާރު ހުރިކަން އެނގުނު ބޭފުޅަކީ ކޮބައިކަން މިހާތަނަށް ވެސް އެނގިފައި ނުވާކަމަށެވެ.
"ކާކުތޯއޭ ވިދާޅުވީ ސާރޗް ވޮރެންޓެއް ހޯދަން. ހަމަ އެބޭފުޅާތޯއޭ ވިދާާޅުވީ ހައްޔަރު ކުރަން ދާށޭ. އެބޭފުޅާތޯއޭ ވިދާާޅުވީ މިވެނި ތަނެއްގައި ހުންނާނެއޭ ހުރިހާ ތަކެއްޗެއް، ވަޑައިގެން ބައްލަވާށޭ. ކާކުތޯއޭ ހުރިހާ އަމުރުތަކެއް ކުރަނީ،" ވަކީލް މައުމޫން ސުވާލު އުފެއްދެވިއެވެ.
މީގެ އިތުރުން، ވަކީލް މައުމޫން ހަމީދު ވަނީ، ނާޒިމްގެ ގެއަށް ފުލުހުން ވަން ރޭ ފުލުހުން ހިންގި އޮޕަރޭޝަންގެ ވީޑިއޯ ފުޓޭޖް ފުލުހުން ހާމަކޮށްފައި ނުވާތީ، އެކަމަށް ފާޑު ވިދާޅުވެފައެވެ.
މައުމޫން ވިދާޅުވީ، ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގައި ފުލުހުން ވީޑިއޯ ފުޓޭޖް ނަގައި އެ އާންމުކުރާ ކަމަށާއި، އެހެން ނަމަވެސް ނާޒިމްގެ ގެއަށް ފުލުހުން ރެއިޑްކުރި ރެޔާއި، އޭނާ ހައްޔަރު ކުރި ރޭގެ އެއްވެސް ވީޑިއޯއެއް ޢާންމުކޮށްފައި ނުވާ ކަމަށެވެ.
"ރައީސް ނަޝީދު ހައްޔަރު ކުރުމަށް ފުލުހުން ގދ.ފަރެސްމާތޮޑާއަށް ދިޔަ އިރު، ލޯންޗު ރަށަށް ގާތް ކުރުމުން ފަށައިގެން ރައީސް ނަޝީދު ގޮވައިގެން ލޯންޗަށް އަރަންދެން އެބަ އޮތް ވީޑިއޯ. ހަމަ މުހިންމު ބޭނުމެއްގައި އެއީ. ހަމަ އެ ބޭނުމުގައި އަޅުގަނޑުމެން މިހާރު މި އެދެނީ، ގ.އެނިފްއަށް ވަނުމުން ފަށައިގެން ނިކުންނަންދެން ކޮބައިތޯއޭ ވީޑިއޯ ރިކޯޑިންގ. ފުލުހުންގެ ފަރާތުން އެއްވެސް ޤާނޫނާ ޚިލާފު އަމަލެއް ހިނގާފައި ނުވާކަން ކަށަވަރު ކުރުމަށްޓަކައި އެބޭފުޅުން ހާމަކުރަންޖެހޭ އެއްޗެއް [ވީޑިއޯއަކީ]،" މައުމޫން ވިދާާޅުވިއެވެ.
ފުލުހުން އަމަލުކުރީ ފަނޑިޔާރަށް ވެސް އޮޅުން އަރާ ގޮތަށް - މައުމޫން ހަމީީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ