ކޮވިޑްގެ އަދަދު ތިރިކުރަން މަޖުބޫރު ވެއްޖެ: މައުމޫން

ކޮވިޑް-19 ގެ އަދަދު ތިރިކުރަން މަޖުބޫރުވެފައިވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑަށް އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެ 1،200 އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށާއި މިއީ ވަރަށް ކަންބޮޑުވާ އަދަދެއް ކަމަށެވެ. އެގޮތުން އެންމެން މަސައްކަތްކޮށްގެން އަދަދު ތިރިކުރަން މަޖުބޫރު ވެފައިވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެޗްޕީއޭ ބުނީ އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރެއިން 575 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 408 ކޭސް އަދި ރިސޯޓުތަކުން 155 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 103،581 އަށް އަރާފައެވެ.
ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 5975 ކޭސް އެވެ. މި ބަލިން 97،328 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 26 މީހަކަށެވެ. މި ބަލީގައި 265 މީހަކު ވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ