އެމްއާރުއެމްގެ ޒައީމަކަށް މައުމޫން، ރައީސަކަށް ފާރިސް

އެމްއާރުއެމްގެ އިންތިޚާބުގައި ވޯޓަކާއި ނުލައި ހޮވުނު މަޤާމުތަކުގެ ތެރޭގައި ޕާޓީގެ ޒައީމްގެ މަޤާމަށް ރައީސް މައުމޫން އަދި ރައީސްކަމަށް ފާރިސް މައުމޫން ހޮވިއްޖެ އެވެ.ކޮންގްރެސްގެ މަގާމުތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވުމުން އެ ޕާޓީން މިއަދު ވަނީ މަގާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންގެ ފައިނަލް ލިސްޓް އާންމުކޮށްފައެވެ. އަދި ޕާޓީގެ ނައިބު ރައީސް ކަމަށް ހޮވާ ދެ ބޭފުޅުންގެ ތެރެއިން އަންހެނުންނަށް ހާއްސަކޮށްފައިވާ މަގާމަށް ކުރިމަތިލެއްވީ އާމިނަތު ނާދިރާ އެކަނި ކަމަށްވެސް އެމްއާރްއެމް އިން ބުންޏެވެ.މީގެއިތުރުން އެގްޒެކެޓިވް ކޮމިޓީ އަށް އަންހެން އަދި ފިރިހެން ހިމެނޭ ގޮތަށް 20 ފަރާތެއް އިންތިހާބު ކުރާއިރު، ޒުވާނުންގެ ކައުންސިލްގެ ރައީސް ކަމާއި ނައިބު ރައީސްކަމުގެ އިތުރުން އަންހެނުންގެ ކައުންސިލްގެ ރައީސް އަދި ނައިބު ރައީސް ކަމަށްވެސް ބޭފުޅުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.ކުރީގެ ރައީސް މައުމޫން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްއާރުއެމް ރެޖިސްޓްރީ ކުރީ ޑިސެމްބަރު 20، 2019 ގައެވެ.އެމްއާރުއެމްގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބީ 3048 މެންބަރުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ