2018 ގެ އިންތިޙާބާ ހަމައަށް ކޮންމެ ދުވަހަކު ޖަލްސާ ބޭއްވިޔަސް ތަރައްގީގެ ވާހަކަ ދައްކައި ނުނިމޭނެ - ރިޔާޒު
މި އަހަރުގެ ބާކީ އޮތް ކޮންމެ ދުވަހަކު ޖަލްސާ ބޭއްވިޔަސް ތަރައްގީގެ ވާހަކަ ދައްކައި ނުނިމޭނެ ކަމަށް ވިލުފުށި ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.ޕީޕީއެމްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ރިޔާޒު ވިދާޅުވީ ޕީޕީއެމްއިން ބާއްވަމުން އަންނަ ޖަލްސާތަކުގެ ބޭނުމަކީ ފާއިތުވެދިޔަ 4 އަހަރު ރައީސް ޔާމީން ޤައުމަށް ގެންނެވި ތަރައްޤީގެ ވާހަކަ ދެއްކެވުންކަމަށެވެ. އެހެންނަމަވެސް އަހަރުގެ ކުރިއަށް މިއޮތް 10 މަސް ދުވަހު ކޮންމެ ރެޔަކު ޖަލްސާއެއް ބޭއްވިނަމަވެސް ތަރައްޤީގެ ވާހަކަ ދައްކާ ހުސްނުވާނެކަމަށް ރިޔާޒު ވިދާޅުވިއެވެ.މި ޖަލްސާތައް މިއަށް ވުރެ ވެސް އިތުރުކުރަން އެބަޖެހޭ. އެއީ ރައީސް ޔާމީން ކޮށްދެއްވާފައި ހުރި މަސައްކަތްތަކުގެ ވާހަކަ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދޭތެރޭ މިއޮތް 10 މަސް ދުވަހު ކޮންމެ ދުވަހަކު ޖަލްސާއެއް ބޭއްވިޔަސް ނުދެއްކޭނެ،" ރިޔާޒު ވިދާޅުވި އެވެ. ގޫގުލް ސްޕީޑުގައި ތަރައްގީ ގެންނަ ވާހަކަ ފާހަގަކުރައްވާ ރިޔާޒު ވިދާޅުވީ އެނބޫދޫ ފިނޮޅު މިހާރު ހިއްކައި ނިންމާފައި އޮތް އިރު އެހާހަމައަށް އަދި ގޫގުލްއަށް ވެސް ނާދެވޭ ކަމަށެވެ.ޕީޕީއެމުން އިންތިޒާމުކޮށްގެން މި ފަހަކަށް އައިސް ގިނަ ޖަލްސާތަކެއް ދަނީ ބާއްވަމުންނެވެ. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ވެސް ބޮޑު ދެ ޖަލްސާއެއް ބޭއްވުމަށް އެޕާޓީއިން ދަނީ ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ