ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ކޯސްތަކާ ބެހޭ މައުލޫމާތު ދިނުމަށް އަންނަ އަންގާރަ ދުވަހު ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - އެމްއެންޔޫ އިން ބުނީ އެ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީތަކާއި ސެންޓަރުތަކެއްގައި ކުރިއަށް ގެންދާ އެ ހަރަކާތް އޮންނާނީ އަންގާރަ ދުވަހުގެ މެންދުރު 1 އިން ހަވީރު4 އަށް ކަމަށެވެ.
ތަފްސީލް - ޔުނިވާސިޓީ އިން ބުނީ ވަން ސްޓޮޕް އެޑްމިޝަން ހަރަކާތެއްގެ ގޮތުގައި ކުރިއަށް ގެންދާ އެ އިވެންޓުގެ ތެރެއިން
ކޯސްތަކަށް ވަނުމަށް ފޯމު ބަލައިގަންނާނެ
އޭލެވެލް އަދި އެހެން ނަތީޖާތަކަށް ބަލާ، ޝަރުތު ހަމަވާނަމަ ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދޭނެ
މަތީ ތައުލީމު ހާސިލްކުރުމަށް ހުރި ފުރުސަތުތަކުގެ މައުލޫމާތު ދޭނެ
މަތީ ތައުލީމު ހާސިލްކުރުމަށް ވާންޖެހޭ ތައްޔާރީ ތަކުގެ މައުލޫމާތު ދޭނެ
އެމްއެންޔޫ އިން ތައުލީމު ހާސިލްކުރުމަށް ފުރުސަތު ހުރި ދާއިރާތަކުގެ ތެރޭގައި
ޓޫރިޒަމް އަދި ހޮސްޕިޓަލިޓީ
ކަލިނަރީ އާޓްސް
ޖާނަލިޒަމް
ޕޮލިޓިކަލް ސައިންސް
ބިޒްނަސް
އެކައުންޓުން
އިކޮނޮމިކްސް
ޓީޗިން
ނާސިން
ސައިކޮލަޖީ
ހެލްތު ސައިންސް
އާކިޓެކްޗާ
އިންޓީރިއާ ޑިޒައިން
އައިޓީ
ސިވިލް އިންޖިނިއަރިން
އެންވަޔަރަމެންޓް މެނޭޖުމެންޓް
ސައިންސް
މެރިން ސައިންސް
ޝަރީއާ އެންޑް ލޯ
މެޑިސިން
އެމްއެންޔޫ އިން ބުނީ އެ ޔުނިވާސިޓީއަކީ ދިރާސާކުރުމަށް ހާއްސަ ސަމާލުކަމެއްދީގެން ފަންނީ އަދި އިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރާ ޔުނިވާސިޓީއަކަށްވާތީ، ތަފާތު ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ކުދިންގެއިތުރުން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ބޭނުންވާ މައުލޫމާތު ވެސް އަންދާރަ ދުވަހުގެ ހަރަކާތުގެ ތެރެއިން ދޭނެ ކަމަށެވެ.
އެމްއެންޔޫގެ ކޯސްތަކުގެ މައުލޫމާތު ދޭން ހަރަކާތެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ