ވިލިނގިލީގައި ދަރިވަރަކަށް ބްލީކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި

އެ ދަރިވަރު ސުކޫލު ކެންޓީނުން ގަތް ހެދިކާއެއް ކައިގެން ހޮނޑުލެވުމުން އެ ކުއްޖާ އިނީ ބަލިވެ ކަމަށް ބުނެ ބުލީކޮށް ރަށުތެރޭގައި އެ ވާހަކަތައް ވަނީ ފަތުރާފަ ކަމަށް އެ މީހުން ބުނެ އެވެ.
ގއ. ވިލިނގިލީގައި ދަރިވަރަކަށް ބްލީކުރި މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.
ސުކޫލު ދަރިވަރަކަށް އެހެން ދަރިވަރުންތަކެއް ބުލީ ކުރި މައްސަލައެއް ފެންމަތިވެ ބަޔަކު ވަނީ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ. އެ ދަރިވަރު ސުކޫލު ކެންޓީނުން ގަތް ހެދިކާއެއް ކައިގެން ހޮނޑުލެވުމުން އެ ކުއްޖާ އިނީ ބަލިވެ ކަމަށް ބުނެ ބުލީކޮށް ރަށުތެރޭގައި އެ ވާހަކަތައް ވަނީ ފަތުރާފަ ކަމަށް އެ މީހުން ބުނެ އެވެ.އެކަމާ ގުޅިގެން ކުއްޖާ ނަފްސާނީ މައްސަލަތަކަށް ހުށައެޅި ސުކޫލަށް ދިއުން ހުއްޓާލާފައިވާ ކަމަށާ ރަނގަޅަށް ކިޔަވަން އައި އެ ދަރިވަރަށް ދިން އަނިޔާގެ މައްސަލަ ކަމާބެހޭ އެއްވެސް އިދާރާއަކުން ނުބަލާ ކަމަަށް އެ މީހުން ތުހުމަތު ކުރެ އެވެ.އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާން އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝިފާން ވިދާޅުވީ ‏ގުޅުންހުރި އިދާރާތަކާއި އެކު އެކަން ފުލުހުން ދަނީ ބަލަމުން ކަމަަށެވެ. އަދި މިކަމުގައި މަސްލަހަތު ހިމެނޭ ފަރާތްތަކަށް ރައްކާތެރި މާހައުލެއް ޔަގީންކޮށް ދިނުމަށް ކުރަންޖެހޭ ކަންކަންވެސް ފުލުހުން ކުރަމުންދާ ކަމަށެވެ."ކުޑަކުދިންނާމެދު އެކުދިންގެ ރައްކާތެރިކަމާ ދިރިއުޅޭ މާހައުލުގެ އުފާވެރިކަން ގެއްލޭ ޒާތުގެ ވާހަކަ ދެއްކުމާއި ކަންކަން އެއްވެސް ފަރާތަކުން ނުކުރެއްވުން އެދެން،" ޝިފާން ވިދާޅުވި އެވެ:
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ