ހުރިހާ ޝަރުއީ އިދާރާއެއް އެއް ސިސްޓަމަކުން ގުޅާލަނީ

ރާއްޖޭގެ ހުރިހާ ޝަރުއީ އިދާރާތައް ގުޅާލަނީ އިންޓަގްރޭޓެޑް ކޯޓް މެނޭޖުމަންޓު ސިސްޓަމް (އައިސީއެމްސީ) މެދުވެރިކޮށެވެ. އައިސީއެމްސީ އަކީ އިނގިރޭސި ހައިކޮމިޝަނާއި ޔޫއެންޑީޕީގެ އެހީތެރިކަމާ އެކު ޖީޖޭއޭއިން ތައާރަފްކުރި ސިސްޓަމެކެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގައި ހިމެނޭ ހުރިހާ އިދާރާއެއް އެއް ސިސްޓަމަކުން ގުޅާލަން އިންޓަގްރޭޓެޑް ކޭސް މެނޭޖްމެންޓު ސިސްޓަމް (އައިސީއެމްއެސް) އެއްް ތައާރަފް ކޮށްފި އެވެ. -- މި ސިސްޓަމް ޑިވެލޮޕް ކުރީ ޔޫއެންޑީޕީ އާއި އިނގިރޭސި ހައިކޮމިޝަންގެ އެހީގަ އެވެ.
ސިސްޓަމް ލޯންޗު ކުރި ރަސްމިއްޔާތުގައި ޑިޕާޓްމެންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާ އައިޝަތު ރިޒްނާ ވިދާޅުވީ މިއީ ޝަރުއީ ނިޒާމުގެ ހުރިހާ ސްޓޭކްހޯލްޑަރުން އެއްވިއުގައަކުން ގުޅާލެވި ސްޓްރީމްލައިން ކުރުމަށް އެޅި ފާލަމެއް ކަމަށެވެ. "މިސިސްޓަމްގެ ސަބަބުން މައްސަލަތައް ޕްރޮސެސްކުރުމަށް ބޭނުންވާ ވަގުތު ކުޑަވެ، ކޯޓުތަކުގެ ހިންގުން ހަރުދަނާވެ، މަސައްކަތުގެ އެފިޝިއެންސީ އިތުރުވެ، މައްސަލަތަކުގެ ބެކްލޮގް ވަރަށް ބޮޑަށް ދަށްވެ، އަދުލު އިންސާފު ހަލުއި ކަމާއެކު، ލިބޭނެ މަގު ފަހިވެގެން ދާނެ" ރިޒްނާ ވިދާޅުވި އެވެ.  ޑީޖޭއޭއިން ބުނީ، ސިސްޓަމާއެކު ދައުވާފޯމު އެންޓްރީ ކުރުމާއި ކޭސް ރަޖިސްޓްރޭޝަނާއި ފަނޑިޔާރުން ހަމަޖެއްސުމާއި ކޭސް ޝެޑިއުލް ކުރުމާއި ކޯޓު އަމުރު ތައްޔާރު ކުރުމާއި ހުކުމް ކުރުންފަދަ ހުރިހާ ކަމެއްވެސް ކުރެވޭނެ ކަމަށެވެ، އަދިޮ ޕަބްލިކް އެކްސެސް ޕޯޓަލްތަކާއެކު، އާންމުންނަށް މައްސަލަތަކުގެ ސްޓޭޓަސް ބަލައި، ކޯޓުތަކުގެ އިޖުރާއަތުތައް ދެނެގަނެވި ދެފުށްފެންނަ ނިޒާމަކުން މައްސަލަތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ޑީޖޭއޭއިން ބުންޏެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ