ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެ ކަރަންޓު ކެނޑެނީ ސްޓެލްކޯގެ ޓްރާންސްފޯމަރުތަކުން ވައްކަން ކުރާތީ: އެމްޑީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ހުޅުދޫ މީހަކު ހޯދަނީ ރޯދަ މަހު ކަރަންޓު ބޭނުން ކުރުމުގައ

ހިޔާ ފްލެޓް ސަރަހައްދުގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަން އުޅުނު މީހަކު ކަރަންޓުގައި ޖެހިގެން މަރުވެއްޖެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ފްލެޓް ސަރަހައްދުގެ ޓްރާންސްފޯމަރެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު، ޓްރާންސް ފޯމަރުތަކުން ވައްކަންކުރާ މައްސަލަ ބޮޑުވެ އެކަން ސްޓެލްކޯއިންވަނީ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވަނިކޮށެވެ.
އަދި ސްޓެލްކޯއިން ވަނީ ރޭ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރެއްގައި މީހަކު ކަރަންޓުގައިޖެހި ހިނގި ހާދިސާއަކީ ވެސް އެފަދަ ކަމެއްކުރަން އުޅެނިކޮށް ހިނގާފައިވާ ހާދިސާއެއްކަމަށް ތުހުމަތުކޮށްފަައެވެ.
މި މައްސަލައިގައި ފުލުހުން ބުނީ އެ މީހާ މަރުވެފައި އޮއްވާ ފެނިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޕެޓްރޯލް ކުރަމުންދިޔަ ފުލުހުންތަކަކަށް ކަމަށެވެ.
އެގޮތުން، ހިޔާ ޓަވަރު 3 ކައިރީގައި ހުންނަ ޓްރާންސްފޯމަރު ތެރޭގައި ކަރަންޓު ޖެހި، އަނިޔާތަކާއެކު ވެއްޓިފައި އޮތް މީހަކު ފެނިފައިވަނީ ހޮނިހިރު ދުވަހުގެ ރޭ ފަތިހު 4:07 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ޓްރާންސްފޯމަރު ތެރެއިން މަރުވެފައި އޮއްވާ ފެނުނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ