ޓެކްސީ ލައިސަންސް ދެން ދޫކުރާނީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީވެފައިވާ އުޅަނދުތަކަށް

ޓެކްސީ ލައިންސަންސް ދޫކުރާ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި ރަޖިސްޓްރީކޮށްފައިވާ އުޅަނދަކަށް ވާންޖެހޭ ގޮތަށް ޓެކްސީ ގަވާއިދު އިސްލާހުކޮށްފިއެވެ.
މިހާރު އަމަލުކުރަމުންދާ ޓެކްސީ ގަވާއިދަކީ 2022 ވަނަ އަހަރު އަމަލުކުރަން ފެށި ގަވާއިދެކެވެ. އެ ގަވާއިދު އެކުލަވާލިއިރު ޓެކްސީ ލައިސަންސް ދޫކުރުމުގައި ކަނޑައަޅާފައިވާ ޝަރުތުތަކުގެ ތެރޭގައި ލައިސަންސް ދޫކުރުމަށް އެދޭ އުޅަނދަކީ ލައިސަންސް ލިބިފައިވާ ޓެކްސީ ސެންޓަރެއްގައި ލިސްޓުކޮށްފައިވާ އުޅަނދެއްކަމުގައިވާންޖެހޭނެ ކަމަށް ހިމަނާފައިވެއެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18ވަނަ ދުވަހު މި ގަވާއިދަށް ގެނައި އިސްލާހާއެކު އެ ޝަރުތު ވަނީ އުވާލާފައެވެ.
ލައިސަންސަށް އެދޭއިރު ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި އެ އުޅަނދަކީ ޓެކްސީ ސެންޓަރެއްގައި
ލިސްޓުކޮށްފައިވާ އުޅަނދެއްކަން އަންގައިދޭ ލިޔުން ހުށަހަޅާގޮތަށްވެސް ގަވާއިދުގައިވަނީ ހިމަނާފައެވެ. ނަމަވެސް މިދިޔަ އަހަރު ގެނައި އިސްލާހާއެކު އެޝަރުތުވެސް ވަނީ އުވާލާފައެވެ. މި މަހުގެ 17 ވަނަ ދުވަހު ގެނައި އިސްލާހާއެކު އެ ޝަރުތަށް އަލުން އަމަލުކުރަން މިހާރު ވަނީ ފަށާފައެވެ.
ޓެކްސީ ގަވާއިދުގެ ދަށުން ޓެކްސީ ލައިސަންސް ދޫކުރާނީ އަހަރީ ފީ ދައްކައި، ރޯޑުވާދިނަސް މިންގަނޑަށް ފެތޭ އުޅަނދަކަށެވެ. އަދި ތަރޑް ޕާޓީ އިންޝުއަރެންސް ލިބިފައިވާންޖެހޭ އުޅަނދަކަށްވާންޖެހޭނެކަމަށްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ