އަހަރުގެ ހުރިހާ ދުވަހަކު ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭން ޖެހޭ: މައުމޫނު

އަހަރުގެ ހުރިހާ ދުވަހަކު ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭން ޖެހޭކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްފައްޔޫމު ވިދާޅުވެއްޖެ އެވެ. 
މައުމޫނު މިފަދައިން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބާއާއި ގުޅުވާ ކުރެއްވި ޓްވީޓެއްގަ އެވެ. 
ކުޑަކުދިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސްކުރަމުން ކުރެއްވި އެ ޓްވީޓުގައި މައުމޫނު ވިދާޅުވީ އަހަރުގެ ހުރިހާ ދުވަހަކު ވެސް ކުޑަކުދިންނާއި ލޯތްބާއި އަޅާލުން ދޭން ޖެހޭނެ ކަމަށެވެ. 
Advertisement
"ކުޑަކުދިންގެ ދުވަހުގެ ހެޔޮއެދުންތައް ރާއްޖޭގެ ހުރިހާ ލޮބުވެތި ކުޑަކުދިންނަށް ނުހަނު ލޯތްބާއެކު ފޮނުވަން. ޙަޤީޤަތުގައި އަހަރުގެ ހުރިހާ ދުވަހަކީވެސް ކުޑަކުދިންނަށް ލޯތްބާއި އަޅާލުން ދޭންޖެހޭ ދުވަސްތަކެއް. ދުނިޔޭގެ ހުރިހާ ކުޑަކުދިންވެސް މިހެޔޮއެދުމުގައި ޝާމިލުކުރަން"
ކުރީގެ ރައީށް މައުމޫނު އަބްދުލްގައްޔޫމު 
ކޮންމެ އަހަރެއްގެ މޭ މަހުގެ 10 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެކެވެ. 
މި ދުވަސް ރާއްޖޭގައި ވެސް ފާހަގަކުރަމުން އަންނައިރު، ކުޑަކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމާއި، އިހުމާލުވުމަކީ ރާއްޖޭގައި އޮތް އިޖްތިމާއީ ބޮޑެތި މައްސަލަތައްކަން ފާހަގަކޮށްލެވެ އެވެ. 
ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށްޓަކައި ކުޑަކުދިން އަމާން ރައްކާތެރި މާހައުލެއްގައި ތަރުބިއްޔަތު ކުރުމަށް މަސައްކަތް ކުރުމަކީ  މިހުންމު ކަމެއްކަމަށް ސަރުކާރުން ވެސް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ