އިނގިރޭސިވިލާތުގައި ދެ ރޭލެއް ޖެހި ޑްރައިވަރާއެކު 80 އަށްވުރެ ގިނަ މީހުން މަރުވެއްޖެ
މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އެމްބިއުލާންސްތަކާއި، އެއާ އެމްބިއުލާންސް އަދި ފަޔާ އެންޑް ރެސްކިއު ޓީމުތަކުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ހާދިސާގައި ގިނަ އަދަދެއްގެ ބަޔަކު މަރުވެފައިވާ ކަމަށެވެ. އަދި ނޭޝަނަލް ޔޫނިއަން އޮފް ރެއިލް، މެރިޓައިމް އެންޑް ޓްރާންސްޕޯޓް ވޯކާސްގެ ޖެނެރަލް ސެކްރެޓަރީ ކަށަވަރުކޮށްދެއްވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި އެކްސިޑެންޓްވި އެއް ރޭލުގެ ޑްރައިވަރުވެސް ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ