ސްޓޭޓްފާމާގެ ފުރަތަމަ ފާމަސީ އައިޖީއެމްއެޗްގައި ހުޅުވައިފި

ބޭހުގެ މައްސަލަ ހައްލުކުރަން މިދިޔަ އަހަރު އުފެއްދި އާ ކުންފުނީގެ ފުރަތަމަ ފާމަސީ މިއަދު ހުޅުވައިފި އެވެ.އައިޖީއެމްއެޗްގެ އޯޕީޑީ ސަރަހައްދުގައި ގާއިމުކުރި "ސްޓޭޓްފާމާ އައިޖީއެމްއެޗް ފާމަސީ" ހުޅުވައި ދެއްވީ މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގު ހަލީމް އާއި ސްޓޭޓް ފާމަސޫޓިކަލްގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު އެވެ. ސްޓޭޓް ފާމަސޫޓިކަލް އިން ނެރުނު ބަޔާނެއްގައި ބުނީ މެދުކެނޑުމެއް ނެތި ބޭސް ފޯރުކޮށްދިނުމަށް އެ ކުންފުނީގެ ފާމަސީން 24 ގަޑިއިރު ހިދުމަތް ލިބޭނެ ކަމަށެވެ. އެހެންވެ، އެއީ އާއްމުންނަށް ފެންވަރު ރަނގަޅު ބޭހާއި ސިއްހީ އާލާތްތައް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގައި ހާސިލްކުރި މުހިއްމު ކަމެއް ކަމަށް ބުންޏެވެ.އައިޖީއެމްއެޗްގައި ސްޓޭޓްފާމާގެ ފާމަސީއެއް ހުޅުވިއިރު އެސްޓީއޯގެ ފާމަސީތައް އަންނަ ޖުލައި މަހުން ފެށިގެން ސްޓޭޓްފާމާގެ ދަށަށް ބަދަލު ކުރުމަށް ވަނީ ނިންމާފަ އެވެ. މީގެ އިތުރުން އެސްޓީއޯގެ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭހުގެ ސްޓޮކް އެނގޭނެ ސިސްޓަމެއް ގާއިމު ކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ