ރައީސްއާ ބައްދަލުކުރުމުގެ ފުރުސަތު ހަތަރު ދާއިރާއެއްގެ ރައްޔިތުންނަށް ހުލުވާލައިފި

މި ސިލްސިލާގެ ދަށުން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކަށް ނިސްބަތްވާ ރައްޔިތުންނަށެވެ. އެއީ މާފަންނު ދެކުނު ދާއިރާ، އުނގޫފާރު ދާއިރާ، ކެލާ ދާއިރާ، އަދި ފުވައްމުލަކު ދެކުނު ދާއިރާއެވެ.
މި ބައްދަލުވުންތަކަކީ ރައްޔިތުންގެ ޝަކުވާތަކާއި ޚިޔާލުތައް ސީދާ ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ. "ރައްޔިތުންގެ އަޑު" ބައްދަލުވުންތަކުގައި ބައިވެރިވުމާ ގުޅޭ އިތުރު އުސޫލުތައް ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުން މިހާރު ފެންނަން ހުންނާނެ ކަމަށްވެސް އެ އޮފީހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ