ގާސިމް އިބްރާހީމަކީ ދައުލަތުގެ ލޯލާރިއެއްގައިވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން ކަމަށް ޖޭޕީގެ ލީޑަރުގެ ޢެޑްވައިޒަރު އަދި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކު ވިދާޅުވެއްޖެއެވެ.
ށ. ފޭދޫގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ ގާސިމް އިބްރާހީމްގެ ޓްރެކް ރެކޯޑުގެ ވާހަކައަކީ ދައްކާ ހުސްނުވާނެ ވާހަކައެއް ކަމަށާއި ދައުލަތުގެ ލޯލާރިއެއްގައިވެސް އެމަނިކުފާނު ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.
ރައްޔިތުންނަށްޓަކައި ހިތު ލޯބިން މަސައްކަތްކޮށްދެއްވާނެ ހަމައެކަނި ވެރިއަކީ ގާސިމް ކަމަށާއި ސިޔާސީ ގޮތުން އެންމެ ފުރަތަމަ އެހީއަށް އެދި އާދޭސް ކުރައްވަން ޖެހި ވަޑައިގަންނަވަނީވެސް ގާސިމްގެ އަރިހުގައި ކަމަށް ނިހާން ވިދާޅުވިއެވެ.
ވޭތުވެދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ދިވެހިންގެ އާންމު އިޖުތިމާއީ މިންގަނޑު ރަނގަޅު ކުރުމަށްޓަކައި ބޭނުންޖެހިފައިވާ މީހުންގެ ހަވާސާގައި ތިއްބެވި ބޭފުޅުންނާއި އެކި ގޮތްގޮތުން ދަތިކަން ދިމާވި ފަރާތްތަކާ ގާތްގުޅުމެއް ގާސިމް އިބްރާހީމް ބާއްވާފައިވާ ކަމަށް ނިހާންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ގާސިމް މިހާތަނަށް މަސައްކަތް ކުރެއްވީ ގައުމަށް ފާއިދާ ހުރީ ކޮންގޮތަަކަށްތޯ ބެއްލެވުމަށްފަހު އެގޮތަށް ކަމަށާއި އަމިއްލަ މަސައްކަތުންވެސް އެމަނިކުފާނު ވަނީ ނަމޫނާ ދައްކަވަފައި ކަމަށްވެސް ނިހާން ވިދާޅުވިއެވެ.
އިޓްލޮސް މައްސަލައަށް އިޝާރާތްކުރައްވާ ނިހާން ވިދާޅުވީ ކަނޑުން ބައެއް ގެއްލިގެން ދިޔުމާއެކު އެކަމަށް ފުރަތަމަ ބަސް އިއްވެވީ ގާސިމް ކަމަށާއި ސިޔާސީ ބޭނުމެއްގައި ބަޔަކު ދައްކާ ވާހަކަ މިހާރު އާންމު ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށެވެ.
ސަރުކާރުން ސިޔާސީ ބޭނުމަށް ކުރަން ނުޖެހޭވަރުގެ ކަންތައްތައް ކުރަމުންދާ ކަމުގެ ތުހުމަތު ކުރައްވާ ނިހާން ވިދާޅުވީ ސަރުކާރުން ދައުލަތުގެ ބަޖެޓު ހުސްކޮށްލަނީ ބޭނުން ގޮތަކަށް ކަމަށެވެ.
ގާސިމް އިބްރާހީމް ކެންޕެއިން ކުރައްވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަދަދުވެރިކަން ހޯއްދައިވައިގެން ނޫން ކަން ނިހާންގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ގާސިމް އިބްރާހީމަކީ ދައުލަތުގެ ލޯލާރިއެއްގައިވެސް ޖެހިވަޑައިގަންނަވާނެ ބޭފުޅެއް ނޫން: ނިހާން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ