ވައްކަމާއި ކޮރަޕްޝަނަށް ރައީސް ފުރުސަތެއް ނުދެއްވާނެ، އެކަން އެ ގެންދަވަނީ ސާބިތުކޮށްދެއްވަމުން: މެމްބަރު ކައްޕި

ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފުރުސަތެއް ނުދެއްވާނެކަމަށާއި އެކަން އެމަނިކުފާނު އެ ގެންދަވަަނީ ސާބިތުކޮށްދެއްވަމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު އަލީ އިބްރާހިމް (ކައްޕި) ވިދާޅުވެއްޖެއެވެ.
މެމްބަރު ކައްޕި މިފަދައިން ވިދާޅުވެފައި ވަނީ އެކްސް ހޭންޑަލްގައި ޕޯސްޓެއް ހިއްސާ ކުރައްވަމުންނެވެ. އެ ޕޯސްޓްގައި ވާގޮތުން، ކޮރަޕްޝަނާ ދެކޮޅަށް ރައީސް މުއިއްޒުގެ ސަރުކާރުން ކުރައްވަމުން ގެންދަވަނީ ރާއްޖޭގެ ތާރީހުގައި ވެސް ނުދެކޭހާ ހަރުދަނާ މަސައްކަތްތަކެއްކަމަށެވެ. އެ ޕޯސްޓް ހިއްސާ ކުރައްވާ މެމްބަރު ކައްޕި ވިދާޅުވީ، ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފުރުސަތެއް ނުދެއްވާނެކަމަށާއި އެކަން އެމަނިކުފާނު އެ ގެންދަވަަނީ ސާބިތުކޮށްދެއްވަމުން ކަމަށެވެ.
މެމްބަރު ކައްޕި މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒު ވަނީ އެމަނިކުފާނު ރިޔާސީ އިންތިޚާބުގައި ވެސް ވިދާޅުވި ފަދައިން، ކޮރަޕްޝަންގެ އަމަލު ހިންގަވާ ފަރާތްތައް ފާހަގަކުރައްވާ އިސް މަގާމުތަކުން ވަކި ކުރައްވާފައެވެ. މީގެ ތެރޭގައި ކުންފުނިތަކުގެ އިސްވެރިން ވެސް ހިމެނެއެވެ. އެމަނިކުފާނު ވަނީ ކޮރަޕްޝަނަށް ހިތްވަރު ނުދެއްވާނެކަމަށާއި އެފަދަ އަމަލުތައް ހިންގަވާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅުއްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ