މަސްތުވާތަކެތީގެ މައްސަލާގައި އއ. އުކުޅަހުން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އއ. އުކުޅަސް / ބަނަފްސާގެ، އިޝާން ޙަސަން (45އ) ކަމަށެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓަށް ހާޒިރުކުރުމަށް ޑްރަގް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް މިދިޔަ އަންގާރަ ދުވަހު ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 45 ކަރުދާސްކޮޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން އޭނާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މަސްތުވާތަކެތީގެ މައްސަލާގައި އުކުޅަހުން މީހަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ