ހުރިހާ ދިވެހި ހައްޖުވެރިން މައްކާގައި، އެންމެންގެ ހާލު ރަނގަޅު: ހައްޖު މިޝަން

ރާއްޖެއިން ހައްޖުގެ އަޅުކަމަށްފުރި ހުރިހާ ހައްޖާޖީންގެ ހާލު ވެސް ރަނގަޅުކަމަށް މޯލްޑިވްސް ހައްޖު މިޝަންއިން މިއަދު ބުނެފިއެވެ. މިއަހަރުގެ ވެސް ރާއްޖެއިން ހައްޖަށް ދިޔައީ 1000 ހައްޖާޖީންނެވެ. ހުރިހާ ހައްޖާޖީން ވެސް މިހާރު ވަނީ މައްކާއަށް ވާސިލްވެފައެވެ. ދިވެހި ހައްޖުވެރިން މައްކާއަށް ދާން ފުރަންފެށީ މިދިޔަ ހޯމަ ދުވަހުން ފެށިގެންނެވެ. ހައްޖުވެރިންގެ އެންމެ ފަހު ގްރޫޕު ފުރީ މިދިޔަ ހުކުރު ދުވަހުއެވެ. https://sun.mv/206515 ހައްޖު މިޝަންއިން މިއަދު ހިއްސާކުރި މެސެޖެއްގައި ވަނީ، މައްކާ ރޫޓު އިނީޝިއޭޓިވްގެ ދަށުން ހައްޖުވެރިން ދަތުރުކުރުމުގެ އިންތިޒާމްތަކަށް ވަރަށް ބޮޑު ލުއިފަސޭހައެއް މިއަހަރު ލިބިފައި ވާކަމަށެވެ. ހައްޖުވެރީން މައްކާގައި: ޙައްޖު މިޝަންއިން މިއަދު ވަނީ ހުރިހާ ޙައްޖުވެރީންގެ ހާލުވެސް ރަނގަޅުކަމަށް ބުނެފަ -- ސަން ފޮޓޯ/ އަޙުމަދު ސާއިލް އަލީ އެގޮތުން ޖިއްދާ އެއާޕޯޓުގައި ހައްޖުވެރިން ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް ކުޑަވިއިރު އެކަމުގެ ހިތްހަމަޖެހުން ހައްޖުވެރިން ފާހަގަކުރާ ކަމަށް ހައްޖު މިޝަންއިން ބުނެއެވެ. ހައްޖު މިޝަންއިން ބުނީ ހައްޖުވެރިން މަޝާޢިރުތަކަށް ދިއުމުގެ ކުރިން ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ހައްޖު ކޯޕަރޭޝަނުން މިހާރު ފުރިހަމަ ކުރަމުންދާކަމަށެވެ. ހައްޖުވެރިންނާ ގުޅޭ ކަންކަން ސައުދީ ސަރުކާރާއި ގުޅިގެން ދިވެހި ހައްޖު މިޝަންއިން ކުރަމުންދާއިރު ސައުދީ ސަރުކާރުގެ ޚާއްސަ މެހެމާންދާރީގައި ރައީސްގެ ދެކަނބަލުން މިއަދު ހެނދުނު ވަނީ ހައްޖަށް ފުރާވަޑައިގެންފައެވެ. މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ ފަސް ވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ