ފަރުވާ ހޯދާ މީހުންނަށް ޑްރަގު ދޭ ކަމުގެ ތުހުމަތުކުރެވޭ އެންޑީއޭ މުވައްޒަފުގެ ބަންދަށް 15 ދުވަސް

ފުލުހުން ހައްޔަރުކޮށްފައިވާ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) މުވައްޒަފުގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ. 
ވީ ކިހިނެއް؟ - ފުލުހުން އިއްޔެ ބުނިގޮތުގައި އެންޑީއޭގެ ޕިއާ މެންޓާގެ ވަޒީފާގައި ހުރި، މުހައްމަދު ފަސީހު، 51، ފްލޮރިޑާ/ސ. ފޭދޫ، ހައްޔަރުކުރީ، އެންޑީއޭ އިން ފަރުވާ ހޯދާ މީހުންނަށް މަސްތުވާތަކެތި ދީ، ނަހަމަ ގުޅުން ބާއްވާކަމުގެ ތުހުމަތުގަ އެވެ.
ތަފްސީލް - އޭނާގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ހާޒިރުކުރުމުން 15 ދުވަހު ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
މި މައްސަލައިގެ އިތުރު ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. ބުނީ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ