ބިދޭސީ އަންހެނުން ގެނެސް، ހަށިވިއްކަމުން ދިޔަ ބަޔަކު ހައްޔަރުކޮށްފި އަލިފާނުގެ ހާދިސާގައި އަނިޔާވި ސްޓެލްކޯގެ މުވައްޒަފު އިތުރު ފަރުވާއަށް ތައިލެންޑަށް! ސްރީލަންކާއަށް އެހީވުމަށް ޕީއެސްއެމް އިން 3 ލައްކަ ރުފިޔާ ހަދިޔާ ކޮށްފި ހުޅުމާލެއިން ގެއްލިގެން ހޯދަމު

އެސްޕަޔަރ އަދި އަރައިސް މަޝްރޫއުތަކުގެ ދަށުން ދިވެހިރާއްޖޭގެ 10 އަތޮޅެއްގެ 23 ރަށެއްގައި ސޯލާ ޕީވީ ސިސްޓަމް ބަހައްޓާއިރު، މި ރަށްތަކުގެ ތެރޭގައި ފުވައްމުލަކު ސިޓީވެސް ހިމެނޭކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް އިން ބުނެފިއެވެ.
މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖެއަށް ޖުމްލަ 36 މެގަވޮޓުގެ އާ ކަރަންޓުގެ ހަކަތަ އުފެއްދުމުގެ ގާބިލިއްޔަތު އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ މި މަޝްރޫޢުތަކަކީ ދިވެހިރާއްޖެއިން އިޢާދަކުރަނިވި ހަކަތައިގެ ބޭނުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މުހިންމު ފިޔަވަޅެއް ކަމަށެވެ. ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓައިގެން، ކަރަންޓު އުފެއްދުމަށްޓަކައި ތެލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ މި މަޝްރޫއުތަކުގެ އެންމެ ބޮޑު އެއް މަގުސަދެވެ. މީގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމުގެ އިތުރުން، ދިގުދެމިގެންދާނެ ތަރައްގީއަށް މަގުފަހިވެ، ގައުމުގެ އިގްތިސާދަށް ވެސް ފައިދާކުރާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
މި މަޝްރޫޢުތައް ހިންގުމުގެ ސަބަބުން، ހަކަތައިގެ ގޮތުން ރަށްތަކުގެ މިނިވަންކަން އިތުރުވެ، ރައްޔިތުންނަށް ދެމެހެއްޓެނިވި އަދި އިގްތިސާދީ ގޮތުން ފައިދާހުރި ކަރަންޓުގެ ހިދުމަތް ލިބިގެންދާނެއެވެ. ފުވައްމުލަކު ސިޓީއާއި އެހެނިހެން ރަށްތަކުގައި މި ސިސްޓަމްތައް ބަހައްޓައި ނިމުމުން، ރާއްޖޭގެ ކާބަން ފޮރފީޓް ކުޑަކުރުމަށް ބޮޑު އެހީއަކަށް ވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ