ފިޒިއޮތެރަޕީ ކްލިނިކް، ޓޯޓަލްފިޒިއޯ އިން ސޮލަރެލް އިންޝުއަރަންސްގެ ހިދުމަތް މިއަދުން ފެށިގެން ގަބޫލުކުރަން ފަށައިފި އެވެ.
ސޮލަރެލް އިންޝުއަރެންސްއަކީ އެ ކްލިނިކަށް އިތުރު ކުރެވުނު ފުރަތަމަ އިންޝުއަރެންސް ކުންފުންޏެވެ.
އިތުރު އިންޝުއަރެންސް ކުންފުނިތަކުގެ ހިދުމަތް އެ ކްލިނިކުން ލިބޭނެ އިންތިޒާމު ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށް ޓޯޓަލް ފިޒިއޯއިން ބުންޏެވެ.
ފަހުގެ އެޑްވާންސްޑު ލޭޒާ ތެރަޕީ އާއި ކްރަޔޯތެރަޕީ ރާއްޖެއަށް ތައާރަފުކޮށް، ބަލި މީހުންނަށް ފަރުވާ ދިނުމަށް އިންގިލާބީ ބަދަލެއް ގެނެސް ޓޯޓަލްފިޒިއޯ އިން ހިދުމަތް ދޭން ފެށީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ.
ޒަމާނީ ވަސީލަތްތަކާއެކު ފިޒިއޮތެރަޕީގެ އެންމެ އެޑްވާންސް ހިދުމަތްތައް އެ ކްލިނިކުން ފޯރުކޮށްދެނީ ހަމައެކަނި ކްލިނިކް ހެދިފައިވާ އިމާރާތުގެ ހަތަރުފާރުގެ ތެރޭގައެއް ނޫނެވެ.
ބަލީގެ ބާވަތުން އެނދުގައި އޮންނަން ޖެހިފައިވާ މީހުންނާއި އުމުރުން ދުވަސްވުމުގެ ސަބަބުން އެއްތަނުން އަނެއްތަނަށް ގޮސްއުޅުމަށް ދަތި ފަރާތްތަކާއި ޕޯސްޓް ސާޖަރީ އާއި އިނީޝިއަލް ސްޓޭޖުގައި ވެސް ފިޒިއޮތެރަޕީ ދިނުމަށް ގޭގެއަށް ގޮސްގެން އެ ކްލިނިކުން ހިދުމަތް ފޯރުކޮށްދެ އެވެ.
މި ކްލިނިކުން ފަރުވާ ހޯދުމަށްޓަކައި ކުރިއާލާ އިތުރު ޑޮކްޓަރެއްގެ ލިޔުމެއް ހޯދާކަށް ނުޖެހެ އެވެ. މި ކްލިނިކްގެ ފިޒިއޯތެރަޕިސްޓުންގެ ޓީމުން ބެލުމަށްފަހު ފިޒިއޮތެރަޕީ ބޭނުންވާ ނަމަ އެ މީހަކަށް އެކަށީގެންވާ ފަރުވާ އަދި ފަރުވާގެ ތާވަލު އެމީހަކާ ހިއްސާ ކުރެވެ އެވެ.
ޓޯޓަލް ފިޒިއޯ ހުންނަނީ ހ. ސަކީނާ މަންޒިލްގެ ތިން ވަނަ ބުރީގަ އެވެ. މި ކްލިނިކްގައި ހަމައެކަނި ހުރީ ޒަމާނީ ވަސީލަތްތަކެއް ނޫނެވެ. ހިދުމަތް ދޭން ތިބީ ވެސް ދާއިރާގެ މާހިރުންނެވެ. އެ މީހުންގެ ތަޖުރިބާއަކީ ވެސް ޓޯޓަލްފިޒިއޯގެ ކާމިޔާބަކެވެ.
މި ކްލިނިކްގެ ހިދުމަތްތަކާ ބެހޭ މައުލޫމާތުތައް ހޯދުމާ ބުކިން ހެދުމަށް 3301700 އަށް ނުވަތަ 7661700 ގުޅައިގެން ކުރިއަށް ދެވޭނެ އެވެ. އަދި ވައިބަރ ނަންބަރު 7661700 އަށް މެދުވެރިކޮށްވެސް މައުލޫމާތު ސާފުކޮށް އެޕޮއިންޓްމެންޓް ހެދޭނެ އެވެ
ޓޯޓަލް ފިޒިއޯއިން ސޮލަރެލް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފި ޓޯޓަލް ފިޒިއޯއިން ސޮލަރެލް އިންޝުއަރެންސް ގަބޫލުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ