ގޯއްޗާއި ފްލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލިއިރު ޕީއެންސީގެ ދެ މެންބަރަކު ވޯޓެއް ނުދޭ ގޯއްޗާއި ފްލެޓު ދިނުން ލަސްވާތީ ހުށަހެޅި ގަރާރު ބޭރުކޮށްލިއިރު ޕީއެންސީގެ ދެ މެންބަރަކު ވޯޓެއް ނުދޭ

ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާއި ގޯތިތައް ހަވާލު ކުރުން ލަސްވާތީ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ބޭރުކޮށްލިއިރު، ޕީއެންސީގެ ދެ މެންބަރަކު އެކަމަށް ވޯޓު ދެއްވަން ދެކޮޅު ހަދައިފި އެވެ.
މި ގަރާރު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެންބަރު، މައުރޫފް ޒާކިރު އެވެ. ގަރާރު ބަލައިގަތުމަށް ނެގި ވޯޓުގައި ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ. ގަރާރު ބޭރުކޮށްލަން 40 މެންބަރަކު ވޯޓު ދެއްވިއިރު، ޕީއެންސީއަށް ނިސްބަތްވާ ދެ މެންބަރަކު ވަނީ ވަކިކޮޅަކަށް ވޯޓު ދޭން ދެކޮޅު ހައްދަވައިފަ އެވެ.
ގަރާރު ބޭރުކޮށްލަން ވޯޓު ނުދެއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހިމް އަދި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފު އެވެ. އެއްވެސް ކޮޅަކަށް ވޯޓު ނުދިން ސަބަބެއް އަދި ނޭނގެ އެވެ.
މައުރޫފް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ދޭން ނިންމި ފްލެޓުތަކާއި ގޯތިތައް އޭގެ ހައްގުވެެރިންނަށް ހަވާލު ކުރުން އިންތިހާއަށް ލަސްވަމުންދާ ކަމަށެވެ.
އަދި ގިރާވަރުފަޅާއި ގުޅީފަޅު އަދި ހުޅުމާލެ ފޭސް ތިނެެއްގެ އިތުރުން އުތުރުތިލަފަޅު ހިއްކުމުގެ ބަދަލުގައި ފުށިދިއްގަރު ފަޅަށް އިސްކަން ދީގެން އެ މަސައްކަތް ކުރަމުން ދިޔުމުގެ ސަބަބުން އެތައް ބަޔަކު ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމްވަމުންދާ ކަމަށެވެ.
އެ ގަރާރުގައި ގޮވާލާފައި ވަނީ އެ މައްސަލައަށް ހައްލެއް ހޯދުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމާމެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފެނިވަޑައިގަންނަވާ ގޮތެއް ހޯދުމަށެވެ.
ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައީސް މުހައްމަދު މުއިއްޒު ދައްކަވަމުން ގެންދެވި ވާހަކަތައް ވެސް އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން ކުރީ ސަރުކާރުން އެއްވެސް ރައްޔިތަކަށް ދީފައިވާ ފްލެޓެއް ގޯއްޗެއް އެ ދިން ތަނަކު ދެއްވާނެ ކަމަށް މުއިއްޒު ވެވަޑައިގެންނެވި ވައުދު އެ ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
އެގޮތަށް އެމަނިކުފާނު ވައުދުވެވަޑައިގެންނެވި ނަމަވެސް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ކަނޑައެޅި 4000 މީހުންގެ ތެރެއިން 585 މީހަކަށް ފްލެޓު ނުލިބޭނެކަން މި ސަރުކާރުން އަންގާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ