ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނެވި އިރު، ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުން ގެންދާތީ ހުޅުމާލޭގެ ކޯޓު އޮފިސަރުގެ މަގާމުން ވަކިކުރި އަހުމަދު އިބްރާހިމް (ޕޮކްމަން) އާބަންކޯގެ ސީއޯއޯގެ މަގާމަށް އައްޔަނުކޮށްފި އެވެ.
އާބަންކޯގެ އިސް މަގާމަކަށް އައްޔަނު ކުރި، އަހުމަދު އިބްރާހީމަކީ ސޯޝަލް މީޑިއާގައި ”ޕޮކްމަން“ ގެ ނަމުން އެންމެން ދަންނަ އަދި މިދިޔަ ސަރުކާރާއި ގުޅުން ހުރި ގިނަ ކަންކަމުގައި ޓުވީޓު ކުރެއްވި ބޭފުޅެކެވެ. ގާނޫނީ ދާއިރާއިން މަތީ ތައުލީމު ހާސިލު ކުރައްވައި، ފުރަތަމަ ޑިގްރީ ވެސް ފުރިހަމަކޮށްފައިވާ އަހުމަދު އިބްރާހިމް ހުޅުމާލޭގެ މެޖިސްޓްރޭޓު ކޯޓުގައި ވަޒީފާ އަދާކުރަމުން ދާތާ 10 އަހަރުވެފައި ވަނިކޮށް މަގާމުން ވަކި ކުރީ ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކަވާތީ އެވެ.
މަގާމަށް އައްޔަނު ކުރުމުން، ގިނަ ބަޔަކު ވަނީ އޭނާއަށް މަރުހަބާ ކިޔައި ކުރިއެކޭ ވެސް އެއްގޮތަށް އިންސާފަށް ވަކާލާތު ކުރާނެކަމުގެ އުންމީދު ކުރާކަން ފާހަގަކޮށްފަ އެވެ. އެކަމަށް އޭނާ ވިދާޅުވީ އޭނާ އެންމެ އިސްކަން ދޭނެ ކަންތަކުގެ ތެރޭގައި ފާއިތުވި ފަސް އަހަރު އާބަންކޯގެ ތެރޭގައި ހިންގި ޖަރީމާތައް ބެލުން އޮންނާނެ ކަމަށެވެ. އަދި ދިވެހި އެންމެ ރައްޔިތުންނާއި ގުޅިފައިވާ ދިރިއުޅުމާއި ކުރިމަގާއި ގުޅިފައިވާ ހުޅުމާލޭގެ ހުރިހާ ބިންތައް އެއްކޮށް ރައީސް ސޯލިހުގެ ވެރިކަން ނިމުމުގެ ކުރިން ކަޅު ފައިސާގެ ދަހިވެތިކަމުގައި ބިންތައް ބަހާލުމަކީ ހިންގި ޖަރީމާއެއްކަމަށް ވިދާޅުވި އެވެ.
އަޅުގަނޑު އެންމެ ބޮޑަށް އިސްކަންދޭ ކަންކަމުގެ ތެރޭގައި ފާއިތުވި 5 އަހަރު އާބަންކޯ ތެރޭގައި ހިންގި ޖަރީމާތައް ބެލުން އޮންނާނެ.
ދިވެހި އެންމެހާ ރައްޔިތުންގެ ދިރިއުޅުމާއި ކުރިމަގާއި ގުޅިފައިވާ ހުޅުމާލޭގެ ހުރިހާ ބިންތައް އެއްކޮށް ވެރިކަން ނިމުމުގެ ކުރިން ކަޅު ފައިސާގެ… https://t.co/cbkEojy4Y7
— Pokman ???????? (@PokmanMV) December 26, 2023
އަހުމަދު އިބްރާހިމް ވިދާޅުވީ އޭނާ އަބަދުވެސް ހުންނާނީ، ރައްޔިތުންގެ ހިދުމަތުގައިކަމަށާއި އެކަމާއި މެދު ރައްޔިތުން އެއްވެސް ސުވާލެއް އުފެއްދުމުގެ ޖާގައެއް ނުދެއްވާނެ ކަަމަށެވެ.
މިދިޔަ ފަސް އަހަރުގެ ތެރޭގައި އަހުމަދު އިބްރާހިމް ވަނީ، ”ދިޔަރެސް“ ނޫހުގެ ކޯ ފައުންޑަރުގެ ހައިސިއްޔަތުން ނޫސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވާފަ އެވެ. އެގޮތުން ސަރުކާރަށް ކުރެވޭ ތަފާތު އެކި ތުހުމަތުތަކުގެ މައްސަލައިގައި ރިޕޯޓުތައް ތައްޔާރު ކުރުމާއި އެކަމުގެ ވީޑިއޯތައް އޭނާ އިސްވެ ހުރެ ތައްޔާރު ކުރި އެވެ.
އާބަންކޯގެ ސީއޯއޯގެ މަގާމަށް އަހުމަދު އިބްރާހިމް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ