ރަޝިޔާގެ ޚާރިޖީވަޒީރާއި ފޯނުން ގުޅުއްވައި ޝާހިދު މަޝްވަރާކުރައްވައިފި

ރަޝިޔާގެ ޚާރިޖީވަޒީރު ސާރޖޭ ލަވަރޮވް އާއި ފޯނުން ގުޅުއްވައި މަޝްވަރާތަކެއް ދިވެހިރާއްޖޭގެ ހާރިޖީވަޒީރު އަބްދުﷲ ޝާހިދު ކުރައްވައިފިއެވެ.މިއަދު ކުރެއްވި ޓުވީޓެއްގައި ޝާހިދުވަނީ، ސާރގޭ ލަވަރޮވް އާއި ފޯނުން މަޝްވަރާތަކެއް ކުރެވުނުކަމީ އުފަލެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ދެބޭފުޅުން މަޝްވަރާ ކުރެއްވީ ކޮވިޑު-19 އާއި ކުރިމަތިލުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށާއި، ކޮވިޑު1-9 އާއި ގުޅިގެން ކުރިމަތިވާނެ އިޤްތިސާދީ އަދި މާލީ ދަތިތަކުން އަރައިގަތުމަށް މަސައްކަތް ކުރުމާއި ގުޅޭ ގޮތުންކަމަށް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ރަޝިޔާގައި ތައުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ހާލުވެސް ބެއްލެވިކަމަށް ޝާހިދު ވިދާޅުވިއެވެ. ރަޝިޔާގައިވެސް ވަރަށް ބާރަށް ކޮވިޑު-19 ފެތުރެމުން އަންނަ އިރު، ރަޝިޔާގައި 100 އެއްހާ ދިވެހި ދަރިވަރުން ތިބެއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ