ކުރީގެ ބަތަލާ މަންދާކިނީގެ ވީޑިއޯ ލަވައެއް ނެރެނީ

"ރާމް ތޭރީ ގަންގާ މޭލީ" އާއި "ތޭޒާބު" ފަދަ ފިލްމުތައް ކުޅުނު ކުރީގެ ބަތަލާ މަންދާކިނީ ވީޑިއޯ ލަވަކުން ބެލުންތެރިންނާ ވަރަށް އަވަހަށް ބައްދަލުކުރާނެ ކަމަށް ބުނެފި އެވެ.
"މާ އޯ މާ" ގެ ނަން ދީފައިވާ މި ވީޑިއޯ ލަވަ އަކީ ސަޖަން އަގަރްވާލް ޑައިރެކްޓްކޮށް ގެނެސްދޭ އެއްޗެކެވެ. ލަވައާ ބެހޭ ގޮތުން އޭނާ ބުނީ އެކްޓިންއާ ދުރުގައި ހުންނަތާ 26 އަހަރުވީ ބަތަލާ އަލުން ބެލުންތެރިންނަށް ފެނިގެންދާނެ ވީޑިއޯ ލަވަ އަކީ މަޔަކާ ބެހޭ ވާހަކައެއް ކިޔައިދޭނެ އެއްޗެއް ކަމަށެވެ. މި ލަވައިން މަންދާކިނީގެ ދަރިފުޅު ރައްބިލް ތާކޫރް ވެސް ފެންނާނެ އެވެ.
އެހެންވެ "މާ އޯ މާ" ވާނީ ރައްބިލްގެ އެކްޓިން ފެންނާނެ ފުރަތަމަ އެއްޗަށެވެ.
View this post on Instagram
A post shared by Mandakini (@mandakiniofficial)
މި ލަވައާ ބެހޭ ގޮތުން ސަޖަން ބުނީ މިހާރު އުމުރުން 58 އަހަރުގެ މަންދާކިނީ އެހާ ޒަމާންކޮށްފައި ކެމެރާ ކުރިމައްޗަށް ނުކުންނަ ވީޑިއޯ ލަވަ ހަދަން ފުރުސަތު ލިބުމަކީ ބޮޑު ޝަރަފެއް ކަމަށެވެ.
"އަނެއްކާ އޭނަގެ ދަރިފުޅު މިއިން އެކްޓިން އަށް ނުކުތުމަކީ ވެސް އެހާ ހާއްސަ ކަމެއް. މި ލަވަ އަށް ފަހު އަހަރެން މަންދާކިނީއާ އެކު ކުރު ފިލްމެއް ހަދަން ވެސް ޕްލޭންކޮށްގެން މި ހުރީ." ސަޖަން ބުންޏެވެ.
View this post on Instagram
A post shared by Mandakini (@mandakiniofficial)
މަންދާކިނީގެ ވީޑިއޯ ލަވަ ނެރޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ. އަދި އޭގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ މި މަހުގެ ފަހުކޮޅު އެވެ. ލަވައިގެ ޕޯސްޓަރު މިހާރު އޮތީ އާންމުކޮށްފަ އެވެ.
"ސަަޖަން އަކީ އަހަރެން ދަންނަތާ ވަރަށް ދުވަސްވީ މީހެއް. ލަވަ އަށް އެއްބަސްވީ އޭނަގެ ފަރާތުން ލިބުނު ހުށަހެޅުން ވެސް ރަނގަޅުވީމަ،" މަންދާކިނީ ބުންޏެވެ. "އަހަރެން އުންމީދުކުރަން ލަވަ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަމަށް."
View this post on Instagram
A post shared by Mandakini (@mandakiniofficial)
އޭނަ އެންމެ ފަހުން ފެނިފައި ވަނީ 1996 ގެ ފިލްމު "ޒޯރުދާރު" އިންނެވެ. މަންދާކިނީ ކުޅުނު ފިލްމުތަކުގެ ތެރޭގައި "ކޮމާންޑޯ"، "ލޯހާ"، "އާގް އޯރް ޝޯލާ" އަދި "އާހިރީބާޒު" ހިމެނެ އެވެ.
މަންދާކިނީ އާއި ޑރ. ކަގިޔޫރު ރިންޕޯޗޭ ތާކޫރް ކައިވެނިކުރީ 1990 ގަ އެވެ. އެ ކައިވެންޏަށް ލިބުނީ ދެ ކުދިންނެވެ. އެއީ ރައްބިލްގެ އިތުރުން ރަބްޒޭ އިނާޔާ ތާކޫރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ