އެޗްއާރްއެޗްގެ ވެންޓިލޭޓަރުން ކަރަންޓު ކެނޑި ކޯމާއަަށް ދިޔަ މީހާ ނިޔާވެއްޖެ

ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ހުރި ވެންޓިލޭޓަރުން ކަރަންޓު ކެނޑުމުގެ ސަބަބުން ކޯމާއަކަށް ދިޔަ ބަލިމީހާ ނިޔާވެއްޖެއެވެ.
ނިޔާވެފައި ވަނީ އުމުރުން ދުވަސްވީ އަންހެނެކެވެ.
'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ވެންޓިލޭޓަރުން ކަރަންޓު ކެނޑިފައިވާ ކަން އެނގުނީ، ބަލިމީހާގެ އާއިލާގެ މީހަކު އައިސީޔޫއަށް ވަން އިރު ވެންޓިލޭޓަރުގެ އެއްވެއް ބޮއްކެއް ދިއްލިފައި ނެތުމުން އެކަން ނަރުހުންގެ ސަމާލުކަމަށް ގެނައުމުންނެވެ.
ނިޔާވި އަންހެން މީހާގެ އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އެމީހާ ނިޔާވެފައިވަނީ ވެންޓިލޭޓަރުގެ ކަރަންޓު ކެނޑުނު ފަހުން، ބަލިމީހާގެ ހާލު ސީރިއަސްވުމަށް ފަހުގައެވެ. "ވެންޓިލޭޓަރުން ވައިޖެހިފައި ކަރަންޓު ކެނޑޭނަމަ އެއީ ހޮސްޕިޓަލުގެ ނަރުހުންނާއި މުވައްޒަފުންގެ އިހުމާލެއް" ނިޔާވި އަންހެން މީހާގެ އާއިލާގެ މީހަކު ބުންޏެވެ.
ހިތަދޫ ހޮސްޕިޓަލުގެ ވެންޓިލޭޓަރުން ކަރަންޓު ކެނޑުނުކަން ހޮސްޕިޓަލް ހިންގެވުމާއި ހަވާލުވެ ހުންނެވި ސީނިއަރ ކޮމިއުނިޓީ ހެލްތް އޮފިސަރ ނަޖީބް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ.
އެހެން ނަމަވެސް ހޮސްޕިޓަލުގެ ޑޮކްޓަރާއި ހަވާލާދީ ނަޖީބު ވިދާޅުވީ، އަންހެން މީހާ ނިޔާވެފައި ވަނީ ވެންޓިލޭޓަރުން ކަރަންޓު ކެނޑުމުގެ ސަބަބުން ނޫން ކަމަށެވެ.
ތަފްސީލް އަންނަނީ،،،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ