ކުޑަދޮރުން ސޯލާ ކަރަންޓު

އިރުގެ ހަކަތައިން ކަރަންޓު އުފެއްދުމަކީ ޚަރަދު ބޮޑު ކަމެކެވެ. ކޮންމެ ކޮންމެ މީހަކަށް ގޭ ފުރާޅުމަތީ ސޯލާ ޕެނަލް ހަރުކުރުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެކަމަކު ޚަރަދު ކުޑަކޮށް މިކަން ވާން އޮތިއްޔާ ކޮށްލަން ބޭނުން ބަޔަކު ތިބެދާނެއެވެ.
"ސޯލާގެޕް" އިން ތަރައްގީކުރި ބްލައިންޑަކީ ކުޑަދޮރުގައި ހަރުކޮށްގެން އިރުގެ ހަކަތަ ދަމައިގަނެވޭނެ ވަސީލަތެކެވެ. ބަލާ ބެލުމަށް ކުޑަދޮރުގެ ނިވަލަށް ބޭނުންކުރާ ހުރަހަށް ފަތި އެޅި ބްލައިންޑަކާ މިއާ މާ ބޮޑު ތަފާތެއް ނެތެވެ. ނަމަވެސް ކައިރިން ބަލައިފި ނަމަ މީގެ ފަތިތަކުގައި ހަކަތަ އުފައްދައިދޭ ބައިތައް ހިމަނާފައިވާކަން ފާހަގަވެއެވެ.
މީގެ ބްލައިންޑް ހަރުކޮށްފައިވާ ކުޑަދޮރުތަކުގެ ކޮންމެ 10 އަކަފޫޓަކުން 150 ވޮޓުގެ ކަރަންޓު އުފައްދައިދެއެވެ. އެހައި ވަރުން ގޭތެރޭގެ ހުރިހައި ބޮކިތަކަކާއި ތިން މެކްބުކް ލެޕްޓޮޕަށް ކަރަންޓު ލިއްބައިދެއެވެ. މި އާދަޔާ ޚިލާފް ބްލައިންޑް ހުޅުވާ، ލެއްޕުމުގައި އެއްވެސް ތަފާތެއް ނެތެވެ. އެކަމަކު އައިއޯއެސް އާއި އެންޑްރޮއިޑްގައި ވެސް ބޭނުންކުރެވޭނެ އެޕަކުން މީގެ ކޮންޓްރޯލް އިތުރަށް ފުރިހަމަކޮށްދެއެވެ.
މީގެ ސޯލާގެޕް ބްލައިންޑް މިވަގުތު ހުރީ 390 ޑޮލަރަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ