ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް މަޑުއްވަރީއަށް ކަރަންޓު ދޭން ފަށައިފި

ރ. މަޑުއްވަރީ އަށް ކަރަންޓް ދިނުމަށް ބޭނުންކުރާ އެންމެ ބޮޑު ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ކަރަންޓު ދޭން ފަށާފައިވާ ކަމަށް ފެނަކައިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ މަޑުއްވަރީއަށް ކަރަންޓު ދޭން ބޭނުންކުރާ 250 ކިލޯ ވޮޓްގެ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ބޭނުންކުރާ ކަމަށެވެ.
އާބާދީގައި 2400 އަށް ވުރެ ގިނަ މީހުން ހިމެނޭ މަޑުއްވަރީ އަށް ކަރަންޓް ދިނުމަށް ބޭނުންކުރަނީ 128 އާއި 160 އަދި 250 ކިލޯ ވޮޓްގެ ޖަނަރޭޓަރެވެ. މައްސަލަ ދިމާވީ އެންމެ ބޮޑު 250 ކިލޯ ވޮޓްގެ ޖަނަރޭޓަރަށެވެ.
ޝަރީފް ވިދާޅުވީ ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް އެ ހިންގަމުން އަންނަ ކަމަށެވެ. އަދި ތެޔޮ ލީކުވުމުގެ މައްސަލައެއް ވެސް ދިމާވެފައިވާތީ މެންދުރު ފަހު އެކަން ހައްލުކުރަން މަސައްކަތް ކުރާނެ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ތެޔޮ ލީކުވުމުގެ މައްސަލަ ހައްލުވިކަމެއް އަދި ސާފެއް ނުވެ އެވެ.
"އެންމެ ބޮޑު ޖަނަރޭޓަރަށް ދިމާވި މައްސަލަ ހައްލުކޮށް ކަރަންޓު ދެމުން އަންނަނީ. ކަރަންޓުގެ މައްސަލައެއް މިއަދު ދިމައެއް ނުވޭ،" ޝަރީފު ވިދާޅުވި އެވެ.
މަޑުއްވަރީން ކަރަންޓު ކެނޑޭތީ، އެ ރަށުގެ ގިނަ ބަޔަކު އިންޖީނުގޭ ދޮށަށް އެއްވެ އިއްޔެ ހަވީރު ވަނީ އަޑު އުފުލައިފަ އެވެ. ކޮންމެ ދުވަހަކު ހެން އެ ރަށުން ކަރަންޓު ކެނޑޭތާ ދެ ހަފުތާއެއް ވެފައިވާއިރު އޭގެ ސަބަބުން ބައެއް ގެތަކުގެ ކަރަންޓު ސާމާނަށް ގެއްލުން ލިބެމުންދާ ކަމަށް އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުންޏެވެ.
R. Maduvvarin kurrent kendeythee rayyithun engine gey dhoshah evvejje
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ