ފޭރެން އުޅުނު ފުލުސް މީހާ ކޯޓުން ދޫކޮށްލައިފި!
ބިދޭސީ އަކާއި ގުޅިގެން ފޭރެން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު ފުލުސް އޮފިސަރު ކްރިމިނަލް ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާއި އެކު ދޫކޮށްލައިފިއެވެ.ބަންގްލަދޭޝް މީހެއްގެ އަތުން ފޭރެން އުޅުނު، އެގައުމަށް ނިސްބަތްވާ އިތުރު މީހަކާއި ދިވެހި ފުލުހެއް މިމަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައި ވަނީ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ފުލުހުންގެ ވަޒީފާގާއި ލާންސް ކޯޕަރަލް އެއްގެ މަގާމުގައި ހުރި އެމީހާ ކޯޓުން ޝަރުތުތަކަކާއި އެކު ދޫކޮށްލި ނަމަވެސް، ފުލުހުން ބުނެފައިވަނީ ވަނީ އޭނާ ވަޒީފާގެ މަސްއޫލިއްޔަތުތަކުން ދުރުކޮށް، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އޭނާގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.ފުލުސް މީހާ އާއި އެކު ފޭރުމުގައި ބައިވެރިވި 28 އަހަރުގެ ބިދޭސީ މީހާ އަކީ ރާއްޖޭގެ އިމިގްރޭޝަން ގާނޫނާއި ހިލާފަށް ދިރިއުޅެމުން އައި މީހެއް ކަމަށް ވާއިރު، އެ ދެމީހުން ވެގެން ފޭރެން މަސައްކަތް ކޮށްފައި ވަނީ އެހެން ބިދޭސީ މީހެއްގެ ވޯކް ޕާމިޓާއި ފައިސާ ކަމަށް ފުލުހުން ވަނީ ޗެނަލް 13 އަށް ކަށަވަރުކޮށްދީފައެވެ.ފުލުހުން މިހާރު ވަނީ މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ