މާލޭން ކަރަންޓު ކެނޑުމުން ގިނަ ހިދުމަތްތަކަށް ބުރޫ އަރައިފި

މިއަދު ހެނދުނު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ކެނޑިއްޖެއެވެ.
ސްޓެލްކޯއިން ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑު ސަރަހައްދަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށެވެ. ސްޓެލްކޯއިން މިހެން ބުނެ ޓްވީޓެއް ކޮށްފައި ވަނީ މިއަދު ހެނދުނު 8:45 ހާއިރެވެ.
ސްޓޭލްކޯއިން ބުނީ އެ މައްސަލަ ހައްލުކޮށް ވީހާވެސް އަވަހަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށެވެ. އަދި މި ކަމާ ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް ސްޓެލްކޯއިން ބުނެއެވެ.
ކަރަންޓް ނެތި ގިނަ އިރުތަކެއް ވުމާއެކު ގިނަ ހިދުމަތްތަކަކަށް ވަނީ ބުރޫ އަރާފައެވެ. އަދި ކަރަންޓް ދީދީފައި ކަނޑާތީ، ގިނަ ގޭގޭގައި ހިފާ ގެންގުޅޭ ކަރަންޓް އާލާތްތަކާއި، ލިފްޓް، ޓީވީ، ފްރިޖް ފަދަ އެއްޗެއްސައް މައްސަލަ ދިމާވަމުން ދާ ކަމަށް ވެސް ދަނީ މައުލޫމާތު ލިބެމުންނެވެ.
މިހާރު ވެސް މާލޭގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ