ކޯވިޑް-19 : މިއަދު ޕޮޒިޓިވްވީ 37 މީހުން

ރާއްޖެއިން އިތުރު 37 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މިއާއިއެކު މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ އަދަދު މިވަނީ 13143އަށް އަރާފައެވެ.
އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން، މިރޭ އިރުއޮއްސި 18:00އާއި ހަމައަށް ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 30 މީހަކާއި އަތޮޅުތަކުން މީހުން ދިރިއުޅޭ ރަށްތަކުން ޕޮޒިޓިވްވި 2މީހުންނާއި، ރިސޯޓްތަކުން ޕޮޒިޓިވްވި 2މީހަކާއި ޔޮޓާއި ސަފާރީތަކުން ޕޮޒިޓިވްވި 3މީހުންނެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ބުރާސްފަތި ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން، ހުކުރު ދުވަހުގެ އިރުއޮއްސި 18:00އާއި ހަމައަށް 45 މީހުންވަނީ ބަލިން މުޅިން ފަސޭހަވެފައެވެ. މި 45 މީހުންނާއިއެކު މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 12199އަށް އަރާފައެވެ.
މިވަގުތު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 890 މީހުންނެވެ. ކޯވިޑް މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން 78 މީހުންނަށްދަނީ ފަރުވާދެމުންނެވެ.
މި ބަލީގައި ރާއްޖޭގައި 47މީހުންވަނީ ނިޔާވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ