ދިވެހިރާއްޖެ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތުމަކީ މުއުޖިޒާތެއް ކަމުގައި ބުނެވިދާނެ: މިނިސްޓަރ އުމަރު

އިންޑިއާ ކަނޑުގެ ޖަޒީރާގެ ތެރޭ އެތައްސަތޭކަ އަހަރުވަންދެން ދިވެހިރާއްޖެ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އޮތުމަކީ މުއުޖިޒާތެއް ކަމުގައި ބުނެވިދާނެކަމަށް ހޯމް މިނިސްޓަރ އުމަރު ނަޞީރު ވިދާޅުވެއްޖެއެވެ.
''ޤުރުއާނާއި ސުންނަތުގައިވާ މެދުމިނަށް ސަޢޫދިއަރަބިއްޔާ އާއި ދިވެހިރާއްޖޭގައި އަމަލުކުރުން" މި ނަމުގަ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމްގައި އިއްޔެ ބޭއްވި މަހާސިންތާ ޝަރަފްވެރި ކޮށްދެއްވައި އުމަރު ނަޞީރު ވިދާޅުވީ އިސްލާމްދީނަކީ ގުލޯބަލް މުޅިދުނިޔެއަށް ނިސްބަތްވާ ދީނެއްކަން ރަމްޒުކޮށްދޭ އެއްހެއްކަކީ ސައުދީގަ އޮތްކަހަލަ ސައްތައިން ސައްތަ އިސްލާމީ މުޖުތަމައެއް ދިވެހިރާއްޖޭގައި އޮތްކަމެވެ. އަދި މިކަމަށްޓަކާ މުޅިދިވެހި ޤައުމު ތާއަބަދު ފަހުރުވެރިވަނީ އުފަލާ އެކީގައެވެ.
އުމަރު ނަޞީރު ވިދާޅުވީ އަޅުގަނޑުމެންނަށް އަންނަ ތަފާތު އެކިއެކި ފިއްތުންތައް، ހުރިހާ ދީންތަކަށް މިޤައުމު ނުހުޅުވައިގެން ބައެއް ޤައުމުތަކުން އަޅުގަނޑުމެންނާ ދޭތެރޭގަ ކުދިކުދި ފިއްތުންތަށް ކުރިމަތި ކުރަމުން ގެންދާ މިދަނޑިވަޅުގަ އަޅުގަންޑުމެންގެ "ބޭބޭ ނުވަތަ ސައޫދިއަރަބިއްޔާގެ" ޢަހުން ވަޑައިގެން އަޅުގަނޑުމެންގެ އަތުގަ ހިއްޕަވާކަމީ އެކަމާ އިންތިހާއަށް އުފާކުރައްވާ ކަމެއް ކަމަށް ކަމަށެވެ.
މީގެ އިތުރުން މިއަދު ސައޫދިއަރަބިއްޔާ ނުކުމެ ދުނިޔޭގައި ލީޑުކުރަމުން ދާ މަންޒަރު ފެނިގެން ދިޔުމަކީ މުޅި އިސްލާމީ އުއްމަތަށް ދިރުން ގެނުވައިދޭ ކަމެއް ކަމުގައި ވެސް ފާހަގަ ކުރެއްވި އެވެ. އެކަމަށް މިސާލު ޖައްސަވަމުން ދިވެހިރާއްޖޭގައި މި ބޭއްވޭ މަހާސިންތާ އަކީ އެކަމުގެ ހެއްކެއް ކަމަށް ފާހަގަ ކުރެއްވިއެވެ. އަދި ސައުދީން ދުނިޔޭގައި މިހާރު ދައްކަމުންތިޔަ ގެންދަވާ ރޯލު އަބަދުވެސް ދައްކަމުން ގެންދަވައި ދިނުމަށް އެދިވަޑައިގަންނަވަމުން އަޅުގަންޑުމެންގެ ޤައުމު ކިތައްމެ ކުޑަނަމަވެސް ސައުދީ އާއި އެކީގަ ފައި ހަމަކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އުމަރު ނަޞީރު ދެއްވި އެވެ.
މަހާސިންތާ އަށް އަލިއަޅުވާލަމުން އުމަރު ނަޞީރު ވިދާޅުވީ މަހާސިންތާގެ ސަބަބުން މުޅި ދިވެހި ޤައުމަށާ މިޤައުމެގެ އެއްމެހާ ރައްޔިތުންނަށް ދީނުގެ މާތްކަމާއި ލުއި ފަސޭހަކަން އިތުރަށް އެނގިގެން ދާނެ ކަމެށެވެ. އެކަމަށްޓަކައި ސައުދި ސަރުކާރަށާ މަހާސިންތާ އިންތިޒާމް ކުރެއްވި ފަރާތްތަކަށް ސަރުކާރުގެ ނަމުގައާއި އެމަނިކްފާނުގެ އަމިއްލަ ނަންފުޅުގަ ޝުހުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ