ޕްރޮސެކިއުޓަ ޖެނެރަލްގެ މަޤާމަށް އައްޔަންކުރުމަށް ރައީސް ފޮނުވާފައިވާ ދެ ނަމުގެ ތެރެއިން ރައީސް ޔާމީންގެ އާއިލީ ބޭފުޅެއްކަމަށްވާ މައުމޫން ހަމީދަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީން ތުރީލައިން ވިޕެއް ނެރެފިއެވެ.
ޕީޖީގެ މަޤާމަށް މެންބަރަކު ހަމަޖެއްސުމަށް ހުށައަޅާފައިވާ މައްސަލާގައި މަޖިލީހުގެ ތަޅުމުން މާދަމާ ގޮތް ނިންމާއިރު އެ މައްސަލާގައި ޢަމަލްކުރާނެ ގޮތެއް ނިންްމުމަށް އެމްޑީޕީން މިރޭ ވަނީ ޕީޖީ ގުރޫޕްގެ ބައްދަލްވުމެއް ބާއްވާފައެވެ.
ތޭވީސް މެންބަރުން ހިމެނޭ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބައްދަލްވުމުގައި ދެތިން ހުށައެޅުމެއް ހުށައެޅިނަމަވެސް އެ ޕާޓީން ނިންމާފައިވާ ރައީސް ޔާމީނަށް ބޮޑުބޭބޭ ވިދާޅުވާ މައުމޫން ހަމީދަށް ރުހުން ނުދިނުމަށާއި، ކުރިމިނަލް ކޯޓުގެ ގާޒީ މުހުތާޒް މުހުސިންނަށް ރުހުންދިނުމުގައި މައްސަލައެއް ނެތްކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުގެ މިރޭ ބައްދަލްވުމަށް މާދަމާގެ އެވޯޓްގައި ބައިވެރިނުވެ ބޮއިކޮޓްކުުރުމަށްވެސް ހުށައެޅިފައިވާއިރު، އެކަމަށް ތާޢީދު ލިބިފައެއް ނުވެއެވެ.
މައުމޫން ހަމީދަށް ރުހުން ނުދޭން އެމްޑީޕީން ނިންމާފައިވާއިރު ރައީސް މައުމޫން އިސްކޮށްހުރެ ހިންގަވާ ސަރުކާރުގެ މައި ޕާޓީ ޕީޕީއެމްއިންވެސް ވަނީ މައުމޫން ހަމީދުގެ ބަދަލްގައި މުހުތާޒް މުހުސިންއަށް ރުހުންދޭން ނިންމާފައެވެ.
ޕީޕީއެމްއިން މިގޮތަށް ނިންމާފައިވަނީ ޕާޓީގެ ރައީސް މައުމޫން އަބުދުލް ޤައްޔޫމް މައުމޫން ހަމީދަށް ތާޢީދުކޮށްދެއްވުމަށް ޕީޕީއެމްގެ މަޖިލީސް މެންބަރުން ކިބައިން ތަކްރާރްކޮށް އެދިވަޑައިގެންފައިވަނިކޮށެވެ.
މައުމޫން ހަމީދަށް ވޯޓްނުދޭން އިދިކޮޅު އެމްޑީޕީންވެސް ތުރީލައިން ވިޕެއް ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ