މޯލްޑިވިއަންއިން މާލެ-ކޮޗިން ދަތުރު 151 ޑޮލަރަށް ވިއްކަނީ

އިންޑިއާގެ ކޮޗިންއަށް 151 ޑޮލަރަށް ދެވޭ ފެއާއެއް މޯލްޑިވިއަންއިން ފަށައިފި އެވެ. މޯލްޑިވިއަންއިން ހުޅުވާލި ފެއާގެ ދަށުން ސީދާ މާލެއިން ކޮޗިންއަށް ދެވޭނެ އެވެ. އެ ފެއާ ވަކި މުއްދަތެއް ނެތި ހުޅުވާލައިފައިވާ ކަަމށް މޯލްޑިވިއަންއިން ބުންޏެވެ. މޯލްޑިވިއަންއިން ކޮޗިންއަށް ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރު އެވެ. އެގޮތުން ހަފްތާއަކު ތިން ދުވަހު މޯލްޑިވިއަން ކޮޗިންއަށް ފްލައިޓްތައް ދަނީ ބާއްވަމުންނެވެ. އެ ފްލައިޓްތަކުގައި ބޭނުންކުރަނީ މޯލްޑިވިއަންގެ އެއާބަސް ބޯޓުތަކެވެ. ސިއްހީ ފަރުވާއާ އެހެނިހެން ހިދުމަތްތައް ހޯދުމަށް ގިނަ އަދަދެއްގެ ދިވެހިން ކޮޗިންއަށް ޒިޔާރަތްކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ