ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްގައްޔޫމް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.
ރައީސް މައުމޫން އެޑްމިޓްކޮށްފައި ވަނީ އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައެވެ.
ރައީސް މައުމޫން ނިސްބަތްވެވަޑައި ގަންނަވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރައީސް މައުމޫން އެޑްމިޓް ކުރެވުނީ އަރިދަފުސްރޯގާގެ އާލާސްކަންފުޅު ޖެހިވަޑައިގެން ޓެސްޓްތަކެއް ހެދުމަށް ކަމަށެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ވިދާޅުވީ، ރައީސް މައުމޫންގެ ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި އެކަމަނާ ވަނީ ހުރިހާ ބޭފުޅުންގެ ހެޔޮ ދުޢާއަށް ޝުކުރު ދަންނަވާފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ރައީސް މައުމޫން ހޮސްޕިޓަލުގައި އެޑްމިޓްކުރިއިރު އެމަނިކުފާނުގެ 82 ވަނަ އުފަންދުވަސް ފާހަގަކޮށްފައި ވަނީ އިއްޔެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ