ރާއްޖޭގެ މޫސުން ގޯސްވެ ޔެލޯ އެލާޓެއް ނެރެފި

ރާއްޖޭގެ މޫސުން ގޯސްވުމުން ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ޔެލޯ އެލާޓް ނެރިފައި ވަނީ މިއަދު 1:20 އާ ހަމައަށް ފ. އަތޮޅާއި ގދ. އަތޮޅަށެވެ. އަދި 1:20 އިން 3:00 އަށް ވައިޓް އެލާޓަށް ބަދަލުވާނެ ކަަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދެއެވެ.
ެމެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖޭގެ މޫސުން ލަފާކުރާ ގޮތައް ބަލާއިރު ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށާއި މެދުތެރެއާއި ދެކުނުގެ ބައެއް ރަށް ތަކަށް ބޯކޮން ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އުތުރާއި އިރުއުތުރުން މެދުރާއްޖެ ތެރެއަށް ގަޑިއަކު 13 މޭލާއި 23 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަަމަށް ވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
ވިލާގަނޑުގައި ގަޑިއަކު 40 މޭލާ 45 މޭލު ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން މައުލޫމާތުދެ އެވެ.
މީގެއިތުރުން މެޓް އޮފީހުން ބުނީ މެދުރާއްޖެ ތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވާނެ ކަމަށާއި އެހެން ހިސާބުތަކުގައި އާދައިގެ ވަރަކަށް ގަދަވެފައި ވިލާ ގަނޑުގައި ގަދަވާނެ ކަަމށެވެ. އެހެންކަމުން ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ