ސަހާރޭއާއި ރައީސް މައުމޫން ބައްދަލުކުރައްވައިފި

އިންޑިއާ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ރާޖީވް ސަހާރޭއާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބައްދަލުކުރައްވައިފި އެވެ.
ވީނިއުސް އަށް އެނގިފައިވާ ގޮތުގައި މިބައްދަލުވުން އިއްޔެގެ ވަގުތެއްގައި ކުރިއަށް ދިޔައީ ރައީސް މައުމޫންގެ އޮފީހުގަ އެވެ. މިބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަންކަމުގެ ތަފްސީލް ލިބިފައެއް ނުވެ އެެވެ.
މިބައްދަލުވުމަށްފަހު މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަހާރޭއާއި ބައްދަލުކުރެވި ކަންކަމުގައި ހިޔާލު ބަދަލުކުރެވިފައިވާތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ.
ރައީސް މައުމޫންއާއި ސަހާރޭ މީގެ ކުރިންވެސް އެކި ފަހަރުމަތިން ބައްދަލުކުރައްވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ