ސޯލާ ހަކަތައިން ދުނިޔޭގެ އެންމެ އަގުހެޔޮ ކަރަންޓް އުފެއްދުމާއި ގާތަށް!

ދިރާސާ ތަކުން ދައްކާގޮތުގައި "ސޯލާ ޕަވާރ" އަކީ ކަރަންޓު އުފެއްދުމަށް އެންމެ އަގު ހެޔޮ މަގެވެ. "ބުލޫމްބާރގް ނިއު އެނާރޖީ ފިނޭންސް"  (ބީ.އެން.އީ. އެފް) އިން ކުރި ދިރާސާއެގައި ދައްކާގޮތުން، އާމްދަނީ ދަށް 58 ޤައުމެއްގައި ސޯލާރގެ އަގު ވެއްޓި ވައިގެ ހަކަތައަށް ވުރެ އަގުހެޔޮއެވެ.
މުއްސަނދި ގައުމުތަކުގެ އިޔާދަ ކުރުވަނިވި ހަކަތަ އުފައްދާ ފަރާތްތަކުން މިހާރު ބޭނުން ކުރަމުން އަންނަ ތެލުގެ ބާވަތްތަކާ އެއް ހަމަ އަކަށް ނޫނީ އެއަށް ވުރެ މައްޗަށް ހަކަތަ އުފައްދައިފި ނަމަ ކާބަން ނެތް ކަރަންޓްގެ މިންވަރު މަތި ވާނެއެވެ.
އިއާދަ ކުރުވަނިވި ހަކަތަ އަކީ ކުރިއަރަމުން އަންނަ ޤައުމު ތަކުގައި އަގުހެޔޮ އެއްޗެކެވެ. " އެއްވެސް ސަބްސިޑީ އަކާ ނުލައި އިއާދަކުރެވެނިވި ހަކަތަ  އެހެން ހުރިހާ ޓެކްނޮލޮޖީއަކާ ހަމަ ކުރާނެ" ބީ.އެން.އީ.އެފް ގެ ޗެއާރމަން މައިކަލް ލިބްރެޗް ބުނެއެވެ.
އެހެންނަމަވެސް މުއްސަނދި ޤައުމުތަކުގައި އަލަށް ޤާއިމް ކުރާ އިއާދަ ކުރަވަނިވި ހަކަތަ ފޯރުކޮށްދޭ ތަކެތި، މިހާރު ހުރި ފޮސިލް ފިއުލް ސްޓޭޝަން  ތަކުން ފޯރުކޮށްދޭ "ކާރބަން ފްރީ އިލެކްޓްރިސިޓީ އަށް ވުރެ މަދުވާނެއެވެ.
"މީގެ ފަސް އަހަރު ކުރިން ސޯލާ އިންވެސްޓްމެންޓް އަކީ އެއްވެސް އެއްޗެއް ނޫން. އެހެންނަމަވެސް މިހާރު އެކަން މިވަނީ ވަރަށް ބޮޑަށް ބަދަލުވެފަ" ބީ.އެން.އީ.އެފްގެ ހެޑް އޮފް ޔޫއެސް ޕޮލިސީ އެނަލައިސިސް އީތަން ޒިންޑްލާ ބުންޏެވެ.
މިކަމުގައި ބޮޑު ދައުރެއް އަދާކޮށްފައިވަނީ ޗައިނާއިން ކަމަށް އެނާ ބުނެއެވެ. އެއީ އަވަހަށް ކުރުމުއްދަތެއްގެ ތެރޭގައި ސޯލާރ އުފައްދައިގެންނެވެ. އަދި ހަމަ އެހެންމެ ބެއިޖިން އިން ދަނީ އެހެން ޤައުމުތަކުގެ ސޯލާރ ޕްރޮޖެކްޓް ތައް ހެދުމަށް ވަރަށް ބޮޑެތި އެހީތައް ވަމުންނެވެ.
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ