ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް މައުމޫން ފޮނުއްވައިފި

1436 ވަނަ އަހަރުގެ ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ދިވެހި އެންމެހާ ރައްޔިތުންނަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބަދުލްގައްޔޫމް ފޮނުއްވައިފިއެވެ.
ގައުމީ ދުވަހުގެ ތަހުނިޔާ ރައީސް މައުމޫން ފޮނުއްވާފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައިއެވެ.
ރައީސް މައުމޫން ކުރެއްވި އެހެން ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މާތްﷲ މި ލޮބުވެތި ގައުމު މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށިއެވެ" މިގޮތަށެވެ.
ގައުމީ ދުވަސް ފާހަގަ ކުރެވިގެން މިދަނީ ޕޯޗުގީޒުންގެ އަނިޔާވެރި އަޅުވެތިކަމުގައި ދިވެހިން 15 އަހަރަށްވުރެ ދިގުމުއްދަތެއް ތަޙައްމަލް ކުރަމުންދަނިކޮށް، އުތީމު މަހާރަދުން އެތަކުރުފާނުގެ މީސްކޮޅުމަދު ލަޝްކަރާއެކު ދުޝްމަނުންނާ ހަނގުރާމަކުރައްވައި މިލޮބުވެތި ފަސްގަނޑު މިނިވަން ފަސްގަނޑެއްގެ ގޮތުގައި ހައްދަވައިދެއްވި ތާރީޚީ އަދި ފަޚުރުވެރި ދުވަހާއި ގުޅުވައިގެންނެވެ.
ހަމައެހެންމެ މިލޮބުވެތި ޤައުމަށްޓަކައި އަގުހުރި ޚިދުމަތްތަކެއްކޮށް ޤައުމީ ޖިހާދުން ޖިހާދު ކުރި ބަޠަލުންގެ ޚިދުމަތުގެ ޛިކުރާ އައުކުރާ ދުވަހެއްގެ ގޮތުގައިވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ