ކޯވިޑް-19 : އިތުރު މީހަކު ބަލިޖެހި، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 12 އަށް

އިތުރު މީހަކު މާލެއިން ކޯވިޑަށް ޕޮޒިޓިވްވެ، މާލެއިން ޕޮޒިޓިވްވި މީހުންގެ އަދަދު 12 އަށް އަރައިފިއެވެ. މިފަހަރު މާލެއިން ޕޮޒިޓިވް ވެފައި މިވަނީ މި ބައްޔަށް ޕޮޒިޓިވްވި ދިވެއްސަކާއި ކޮންޓެކްޓުވި ބަންގްލަދޭޝް މީހެއް ކަމަށް އެޗްޕީއޭއިން ވިދާޅުވެެއެވެ.
މި މީހާ އައިސޮލޭޝަން ފެސިލިޓީއެކަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިއީ މާލެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑަށް ޕޮޒިޓިވްވި 9 ވަނަ މީހާއެވެ. މި މީހާއަކީ މާލެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި 12 ވަނަ މީހާއާއި ސީދާ ދިމާވި މީހެއްކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ. ކޯވިޑް 19 އިން ރައްކާތެރިވެ މުޖުތަމައުގައި ބަލިފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޕޮޒިޓިވްވާ މީހުންނާއި ސީދާ ދިމާވި މީހުން ދެނެގަނެ، އެމީހުން ކަރަންޓީން ކުރުމުގެ މަސައްކަތް ދަނީ ހަލުވިކަމާއިއެކު ކުރެވެމުން.
ރާއްޖެއިން މިހާތަނަށް ކޯވިޑަށް ޕޮޒިޓިވްވެފައިވަނީ 32 މީހެކެވެ. މީގެ ތެރެއިން 12 މީހުންނަކީ މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުންނެވެ.
މާލެއިން ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މީހުން:
15 އޭޕްރީލް - އެކަކު
16 އޭޕްރީލް - 2 މީހުން
17 އޭޕްރީލް - 6 މީހުން
18 އޭޕްރީލް - 3 މީހުން
ރަނގަޅުވި މީހުން
20 މާރޗް 2020ގައި 2 މީހަކު
21 މާރޗް 2020ގައި އެކަކު
23 މާރޗް 2020ގައި 2 މީހަކު
25 މާރޗް 2020ގައި 3 މީހަކު
26 މާރޗް 2020ގައި އެކަކު
28 މާރޗް 2020ގައި 2 މީހަކު
29 މާރޗް 2020ގައި 2 މީހަކު
12 އޭޕްރީލް 2020 އެކަކު
14 އޭޕްރީލް 202 2 މީހުން
ކޯވިޑް 19 އިން ރައްކާތެރިވުމަށާއި، މުޖުތަމައުގައި ބަލި ފެތުން ކޮންޓްރޯކުރުމަށް ކަމާއިބެހޭ ފަރާތްތަކުން ދަނީ ހަރުކަށި ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން މާލެ ސިޓީ ހިމެނޭ ސަރަހައްދު ލޮކްޑައުންކޮށް، އަތޮޅުތެރޭގެ ރަށްތަކުގެ މެދުގައި ދަތުރުފަތުރުކުރުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ