ހދ. ހަނިމާދޫ ރައްޔިތުން ތިބީ އިގްތިސާދީ ބޮޑު އުއްމީދެއްގައި
ހދ. ހަނިމާދޫ އަކީ ހއ. އަތޮޅާއި ށ. އަތޮޅު ސަރައްދުގައި ވައިގެ ބަނދަރެއް އޮތް ހަމައެކަނި ރަށެވެ. އަދި ހދ. އަތޮޅުގައި އޮތް ހަމައެކަނި ސިޓީ ހޮޓާ އާރާސްތުކޮށް ހިންގަމުންދާ ރަށަކީވެސް ހަނިމާދޫއެވެ. އަދި ހދ. ހަތިފުށްޓާއި ހޮނޑައިދޫގެ މީހުން މިހާރު ވަޒަންވެރިވެފައިވަނީވެސް ހަނިމާދޫގައެވެ.އާބާދީގައި 2173 މީހުންގެ ތެރެއިން 2694 މީހުންނަކީ މި ވަގުތު ހަނިމާދޫގައި ދިރިއުޅޭ ރައްޔިތުންނެވެ. މި 2694 މީހުންގެ އާބާދީއަށް 2013 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން 2018 ވަނަ އަހަރުގެ މާރޗް މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށް ސަރުކަރުން ވަނީ 09 ޕްރޮޖެކްޓެއް ހިނގާފައެވެ. އެގޮތުން މިވަގުތު އެ ރަށުގައި ކުރިއަށްދާ ޕޮރްޖެކްޓްތަކުގެ ތެރޭގައި ޖުމްލަ 9،600،000.00 ރުފިޔާ ޚަރަދު ކޮށްގެން 24 ކްލާސްރޫމާއި ސްކޫލުގެ ހޯލް އިމާރާތްކުރުމުގެ މަސައްކަތާއި ފާޚާނާ ހޯލް އިމާރާތް ކުރުމުގެ މަސައްކަތްތައް މި ޕްރޮޖެކްޓްގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށް ދެއެވެ.އަދި 153 މިލިއަން ރުފިޔާ ސަރުކާރުގެ ބަޖެޓްގެ ތެރެއިން ހަރަދުކޮށްގެން އިއާދަ ކުރަނިވި ހަކަތަ އުފައްދާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތްވެސް ހަލުވި މިނުގައި ދަނީ ކުރިއަށެވެ. އަދި ރަށުގައި އުފެދޭ ކުނިބުނިތައް އޭގެ އެންމެ ރައްކާތެރިކަމާއި އެކަށޭނަ ގޮތެއްގެ މަތިން ނައްތާލުމަށްޓަކައި ޑަސްޓްބިނާއި ގަސްކާނާ އުފައްދާ ތަކެތި ފޯރުކޮށްދިނުމަށްޓަކއި މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ބުނެއެވެ.ރައްކާތެރި ގޮތުގައި ފެން ބޭނުން ކުރުމުގެ ސިޔާސަތުގެ ތެރެއިން ހަނިމާދޫގައިވެސް ފެނުގެ ނިޒާމު ގާއިމްކުރުމަށް ސަރުކާރުން 46.9 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަށްދާ އެ މަސައްކަތްވެސް މި އަހަރުގެ ތެރޭގައި ނިންމާލެވޭނޭ ކަމަށް މިނިސްޓްރީން ބުނެއެވެ. ޒަމަނުއްސުރެ ހަނިމާދުގެ ރައްޔިތުން ރަށަށް އަރައިފައިބާ ހެދުމުގައި ދިމާވެފައިވާ ދަތި އުނދަގުލަށް ހައްލު މި ސަރުކާރުން ވަނީ ގެނެސްދެއްވާއެވެ. ރަށުގައި ޒުވާނުންނަށްޓަކައި ގިނަ ފުރުސަތުތަކެއް ފަހިވެފައިވާއިރު މި ވަގުތު ރަށުގެ 2 ވަނަ ފުޓްސަލް ދަނޑުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވަނީ ރަށުގައި ސިންކްރޮނައިޒިންގ ޕެނަލް ބަހައްޓާފައެވެ. އަދި ރަށުގެ ރައްޔިތުންނަށް ނަރުދަމާ ނިޒާމްގެ ޚިދުމަތް ލިބެމުންދާއިރު އެ މަޝްރޫޢުއަކީ އަމިއްލަ ފަރާތްތަކުގެ ހިއްސާ އާއެކު ކުރިއަށް ގެންދެވުނު މަޝްރޫޢެކެވެ.ނަރުދަމާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ކުރުމަށްޓަކައި 2013 ވަނަ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު ނޫމަޑި ރިސޯރޓްސް އެންޑް ރެސިޑެންސް އާއި ހަވާލުކުރެވި އެ މަޝްރުޢުގެ އަމަލީ މަސައްކަތް 2017 ވަނަ އަހަރުގެ ޖޫން މަހުވަނީ ނިންމާފައެވެ. އެ މަޝްރޫޢުގެ ދަށުން ރަށުގައި ޕަންޕު ސްޓޭޝަން ބެހެއްޓި 16.5 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައެއް ވަނީ ގާއިމް ކޮށްފައެވެ.އަދި ރަށުގެ 900 ގެއަކަށް ވަނީ މި ޚިދުމަތް ލިބެންފަށާފައިކަމަށް އެންވާރަމަންޓް މިނިސްޓްރީން ބުނެއެވެ.ރަށުގައި އުފެދޭ ނަޖިސް ބޭރުކުރުމަށް 300 މީޓަރުގެ އައުޓްފޯލް ހޮޅިއެޅި މި ނިޒާމު ރަށުގެ ރައްޔިތުންނަށް ފެނަކަ ކޯޕަރޭޝަނުން ދަނީ ފޯރުކޮށްދެމުން ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. އަދި ހަނިމާދޫ ރައްޔިތުންނަށް މި އަހަރުގެ ޖުލައި މަހުގެ 19 ވަނަ ދުވަހަކީވެސް އުފާވެރި ޚަބަރުތަކެއް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވި ދުވަހެކެވެ.އެގޮތުން ރަށުގެ ނަރުދަމާ ނިޒާމްގެ ނިމުން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވައި އެމަނިކުފާނު ވަނީ އިތުރު ދެވަނަ ދައުރެއްގައި އެމަނިކުފާނު ހޮވިވަޑައިގެންފިނަމަ ހަނިމާދޫ އެއާޕޯޓް ބޮޑު ކުރުމުގެ މަޝްރޫޢު އިއުލާން ކުރައްވާފައެވެ.އެ އުފާވެރި ޚަބާރާއެކު މުޅި ހަނިމާދޫ ރައްޔިތުން ތިބީ ރައީސް ޔާމީން އަށް އެ މަޝްރޫޢުގެ މަސައްކަތްތަށް ކުރެއްވުމުގައި ސާބިތުކަންމަތީގައި ކަމަށް ރަށުގެ ރައްޔިތުން ބުނެއެވެ. ރައީސް ޔާމީން ހަނިމާދޫ އަށް ވަޑައިގަތުމުން ރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.އަދި ރަށުގެ ތަރައްގީއަށް ބޭނުންވާ ކަންތައްތަވެސް ރަށުގެ ރައްޔިތުން އަދި ޒުވާނުންނަށް ބޭނުންވާ ކަންކަން ރަށުގެ ރައްޔިތުން ވަނީ އެމަނިކުފާނާއި ހިއްސާ ކުރައްވާފައެވެ. ރަށުން ފެނިގެން ދިއައީ ރަށަށް ލިބިގެންދާ ތަރައްގީ އާއި ތަމައްދުނުގެ ފަހަތުގައި ދޮށީ އުމުރުގެ މީހުންނާއި ރަށުގެ ކުޑަ ބޮޑު އެންމެން އުފަލުގައި އަތް ޖަހަމުން ދިޔަ މަންޒަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ