ސުޕްރީމް ކޯޓުން އެންމެ ގިނަ މައްސަލަ ނިންމީ މިދިޔަ އަހަރު

ސުޕްރީމްކޯޓުގެ 12 އަހަރުގެ ހަޔާތުގައި އެންމެ ގިނައިން މައްސަލަތައް ބަލައި، ހުކުމް ކުރީ ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމަށް އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު ވިދާޅުވެއްޖެ އެވެ.
މިއަދު ސުޕްރީމްކޯޓަށް 12 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ދެއްވި މެސެޖުގައި އުއްތަމަފަނޑިޔާރު ވިދާޅުވީ އުއްތަމަފަނޑިޔާރު ވިދާޅުވީ، މި އަހަރަކީ ސުޕްރީމްކޯޓުގެ 12 އަހަރުގެ ހަޔާތުގައި އެންމެ ގިނައިން އަޑުއެހުންތައް ތާވަލު ކުރެވި އެންމެ ގިނަ އަޑުއެހުންތައް ބާއްވައި، އެންމެ ގިނައިން މައްސަލަތައް ނިންމި އަހަރު ކަމަށެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުުގައި ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި 251 އަޑުއެހުމެއް ބާއްވައި 49 މައްސަލައެއްގައި ވަނީ ހުކުމްކޮށްފަ އެވެ. އޭގެ ކުރީ 11 އަހަރުގެ ތެރޭގައި އަހަރެއްގެ މައްޗަށް އެވަރެޖުކޮށް އެ ކޯޓުން ނިންމީ 24 މައްސަލަކަންވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ފާއިތުވި އަހަރުގެ ސެޕްޓެމްބަރު 18އިން މި އަހަރުގެ ސެޕްޓެމްބަރު 18 ވަނަ ދުވަހާ ހަމައަށް 251 އަޑުއެހުން ވަނީ ބޭއްވިފައި. ވޭތުވެދިޔަ 11 އަހަރު ދުވަހު ނިމުނު މައްސަލައިގެ އެވަރެޖަކީ [އަހަރަކު] 24. ނަމަވެސް، މި ނިމިދިޔަ އަހަރުގެ ތެރޭގައި 49 މައްސަލައެއްގައި ހުކުމް ކުރެވިފައިވޭ. އަދި ސުޕްރީމްކޯޓަށް ބަލައިގަތުމާ މެދު 13 މައްސަލައެއްގައި ގޮތް ނިންމައި، 5 މައްސަލައެއް އިޖުރާއީ ގޮތުން ބެލިފައިވޭ. މިއީ ކުރީ އަހަރުތަކުގެ އެވަރެޖާ އަޅާބަލާއިރު 73.4 އިންސައްތައިގެ ކުރިއެރުމެއް ކަމުގައި ފާހަގަކުރަން،
- އުއްތަމަފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު
އުއްތަމަ ފަނޑިޔާރު ވިދާޅުވީ އަމާޒަކީ ސުޕްރީމްކޯޓަކީ ފަސޭހަކަމާއެކު އަދުލުއިންސާފަށް ވާސިލުވެވޭނެ މަގުފަހިވެފައިވާ ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިގެންވާ ތަނެއްގެ ގޮތުގައި ހަދައި، އަދުލު އިންސާފު ގާއިމްކުރުމުގެ މަސައްކަތުގައި ދެމިތިބުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ