ޔައުގޫބުގެ ގޮނޑީގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގެންފި

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއާމެދު ސުވާލު އުފެދިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ. 
ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފައްދާފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްއަކީ މުސްތަގިއްލު ތަނެކެވެ. އެހެންވެ އެ ތަނުގެ އިންތިގާލީ ކައުންސިލަށް މެމްބަރު ވެސް ވާނީ މުސްތަގިއްލު ބަޔަކަށެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) ގެ 5 އަދި 8 ގައި ބުނާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މުސްތަގިއްލު މަގާމަކަށް ނުދެވޭނެއެވެ.
އެހެންވެ އޭނާ އެ މަގާމު ގަބޫލު ކުރެއްވުމާއެކު މަޖިލިސް މެންބަރެއްގެ ޝަރުތު ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރުގެ ކިބައިން ގެއްލިފައިވާ ކަމަށް ބައެއް ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އެހެންވެ، ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. 
ޔައުގޫބު މިހާރަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ އޭނާ މަގާމު ގަބޫލުކުރެއްވީ ގާނޫނީ ލަފާ ވެސް ހޯދައިގެން ކަމަށެވެ. އެކަމަކު ހިޔާލު ތަފާތުވުންތައް އުފެދުމުން ގަބޫލު ކުރެވުނީ އެންމެ ރަނގަޅު ގޮތަކީ ދުރަ ޖެހިލުން ކަމަށް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ