އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް)ގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު އެހޮސްޕިޓަލްގައި މަސައްކަތް ކުރެއްވުމުގެ ބަދަލުގައި މަސައްކަތް ކުރައްވަނީ އެހެން ކްލިނިކެއްގައި ކަމަށް އައްޑޫ ސިޓީގެ ފޭދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
މެމްބަރު ނިހާދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ ސީސީއޯއާ ބައްދަލުކުރުމަށް ގުޅާލުމުން ބުނަނީ "ބައްލަވާ ތިޔަ ޑޮކްޓަރު މިވަގުތު ބަލި މީހުން ބައްލަވަމުން ގެންދަވަނީ މެޑިކާގައި" ކަމަށެވެ.
1 ލައްކަ ރުފީޔާގެ މުސާރައައީ ބޮޑެތި އިނާޔަތް ދީފައި އޭއީއެޗް ހިންގުވަން ބަހައްޓާފައި ހުންނައިރު ކުރަނީ އެހެން ކަމެއް ނިހާދގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.
(އޭއީއެޗް)ގެ ސީއީއޯ ޑރ. މުހައްމަދު ސޯލިހު މަގާމަށް އައްޔަން ކުރައްވާފައިވަނީ މިނިސްޓަރުންގެ ނައިބުންނާ އެއް ފެންވަރެއްގައެވެ.
އެންނަމަވެސް މުސާރައާ އިނާޔަތްތަކާއެކު މަހު މުސާރައެއްގެ ގޮތުގައި 110،000 ލިބިވަޑައިގަންނަވައެވެ.
އޭއައިއެޗް ޓާޝަރީ ހޮސްޕިޓަލަށް ބަދަލުކޮށް ހޮސްޕިޓަލްގެ މެނޭޖަރުކަމުގެ މަގާމަށް ޑރ. ސޯލިހު، އައްޔަން ކުރައްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.
އޭއީއެޗްގެ ހިންގުން ދޯދިޔާ ކަމަށް ބުނެ ރައްޔިތުން ޝަކުވާ ވަނީ އިންތިހާޔަށް ބޮންޑުވެފައެވެ.
އޭއީއެޗްގެ ސީއީއޯ ހޮސްޕިޓަލްގެ މަސައްކަތް ނުކޮށް ކުރަނީ އެހެންކަމެއް: މެމްބަރު ނިހާދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ