މިސްރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް އެބަދޭ

ގާހިރާ (23 މޭ) – މިސްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކު ވެރިކަމުން ދުރުކުރިތާ 15 މަސް ދުވަސް ފަހުން، މިސްރުގައި ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ވޯޓުލުން ކުރިއަށް އެބަދެއެވެ.
މިއިންތިހާބުގައި ވޯޓުލުމުގެ ހައްގު 50 މިލިއަން މީހުންނަށް ލިބިފައިވާ ކަމަށް މިސްރުގެ އިލެކްޝަންސް ކޮމިޝަނުން ބުނާއިރު، ގިނަ އަދަދެއްގެ އާއްމުން ވޯޓުލާ މަރުކަޒު ދޮށުގައި ކިޔު ހަދާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
މިސްރުގައި ހުސްނީ މުބާރަކުގެ ވެރިކަން ބަދަލުވުމަށްފަހު، ވެރިކަން ކޮށްފައިވާ އަސްކަރީ ކައުންސިލުން ވަނީ މިސްރުގައި މިނިވަން ރިޔާސީ އިންތިހާބެއް ބޭއްވުމަށްފަހު، ރައްޔިތުންގެ އަތްމައްޗަށް ވެރިކަން ދޫކޮށްލާނެ ކަމުގެ ޔަގީންކަން ދީފައެވެ.
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ބަލާއިރު، އެންމެ ފާހަގަކޮށްލެވޭ ކެންޑިޑޭޓަކީ މިސްރުގެ ކުރީގެ ހާރިޖީ ވަޒީރު އަދި އަރަބި ލީގުގެ ވެރިޔާގެ މަގާމު ފުރުއްވާފައިވާ އަމްރު މޫސާއެވެ.
މީގެ އިތުރުން މިސްރުގެ ވައިގެ ބާރުގެ ކޮމާންޑަރު އަދި ފެބްރުއަރީ 2011 ގެ މުޒާހަރާތަކުގެ ތެރޭގައި ބޮޑު ވަޒީރުކަން ވެސް ކޮށްފައިވާ އަހުމަދު ޝަފީގުއާއި، މުސްލިމް ބުރަދަރހުޑުގެ ފްރީޑަމް އެންޑް ޖަސްޓިސް ޕާޓީގެ ލީޑަރު މުހައްމަދު މުރުސީ ފާހަގަކޮށްލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ