ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ކަމުގައި ހުންނަވަނިކޮށް އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައިވާ ޑރ.އަފްރާޝިމް ޢަލީގެ މަރުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަބްދުﷲ ޖާވިދު (ޖާ) އާއި އެމައްސަލައިގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ސިފައިންގެ މީހާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
ޖާވިދާއި ސިފައިންގެ މީހާ ދޫކޮށްލުމަށް ކޯޓުން އަމުރު ނެރުނީ މިދެމީހުންގެ މުއްދަތުގެ މައްސަލައެއްގައި ކޯޓަށް ގެންދިއުމާއި ގުޅިގެންނެވެ.
ޖާގެ ވަކީލު ވިދާޅުވެފައިވަނީ ޖާ ދޫކޮށްލީ ކޯޓަށް ހުށަހެޅި ހެކިތަކުގައި އޭނާ ބަންދުގައި ބަހައްޓަންޖެހޭ ވަރުގެ ކަމެއް ފެންނަން ނެތުމުން ފުލުހުން އަންގާ ކޮންމެ ގަޑިއަކުވެސް ފުލުހަށް ހާޒިރުވާން ޖާއަށް ޝަތރުތު ކުރުމަށްފަހުގައި ކަމަށެވެ.
ޖާ ބަންދުގައި ބެހެއްޓުމަށް ތިން ފަހަރެއްގައި ކޮންމެ ފަހަރަކު ފަނަރަ ދުވަހުގެ މުއްދަތު ކޯޓުން ވަނީ ޖަހާދީފައެވެ.
ޖާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓުން ފުރަތަމަ ނިންމުމާއި ގުޅިގެން ޖާ ވަނީ އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ނަމަވެސް ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމަށް ތާއީދުކޮށްފައެވެ.
ޑރ.އަފްރާޝީމް މަރުގެ ތުހުމަތުގައި ޖާ ހައްޔަރުކޮށް ފުލުހުން އޭނާއާއި ދެކޮޅަށް ކޯޓަށް ހުށަހަޅާފައިވަނީ ބައެއް ހެކިންނާއި ފޯން ކޯލް ރެކޯޑިންއެކެވެ.
އަބްދުﷲ ޖާވިދު (ޖާ) އަކީ އެމްޑީޕީގެ ޗެއަރޕާސަން އަދި ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެކެވެ.
ޑރ.އަފްރާޝިމް އަވަހާރަކޮށްލުމުގެ ތުހުމަތުގައި ދެމީހަކާއި ދެކޮޅަށް ދައުވާކުރުމަށް ފުލުހުން ވަނީ އެމައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައެވެ.
ޖާވިދާއި ސިފައިންގެ މީހާ ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ