މެމްބަރު ނާޒިމް، ޝެއިޚް އިމްރާނާއިއެކު ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފި

ވައިކަރަދީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ނާޒިމް، ޝެއިޚް އިމްރާނާއިއެކު ވައިކަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން ކުރިއަށް ދިޔައީ އިއްޔެ މެންދުރުފަހު 02:15 ގައި ވައިކަރަދޫ ބަނދަރު ސަރަހައްދުގައި ނިކަގަސް ބުރުގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ ޤައުމު މިއޮތީ ހަމައިން ނެއްޓިފައި ކަމަށާއި، މިކަންކަމުން ސަލާމަތްވުމަށް ވައިކަރަދޫ ރައްޔިތުންގެ ކިބައިން އެދިލައްވާ ކަމަށެވެ. މީގެ އިތުރުންވެސް އަދާލަތު ޕާޓީއާއި އެކު އެއްޕޯޑިއަމަކަށް އާދެވުމަކީ ކާމިޔާބީއެއް ކަމަށް އިޝާރަތްކުރައްވައި ނާޒިމް ވިދާޅުވީ ” ކާކުތޯ ޤަބޫލު ކުރާނީ މީގެ ތިން އަހަރު ނުވަތަ ހަތަރު ކުރިއަށް ބަލާލާއިރު ކުރިން އަޅުގަނޑުމެން އަދާލަތު ޕާޓީއާއި އެކުގައި މި ޕޯޑިއަމްގައި ވާހަކަ ދައްކާނޭ، ކާކުތޯ ޤަބޫލުކުރާނީ ކާނަލް ނާޒިމް ހިމާޔަތް ކުރަން އަޅުގަނޑުމެން ދާނޭ، ކާކުތޯ ޤަބޫލުކުރާނީ މައުމޫނު ސަލާމަތްކުރަން އަޅުގަނޑުމެން ދާނޭ” ކަމަށެވެ.
މި ބައްދަލުވުމުގައި އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާނުވެސް ވާހަކަފުޅު ދެއްކެވިއެވެ. 100 އެއްހާ ރައްޔިތުން ބައިވެރިވި މި ބައްދަލުވުން ނިންމަވާލެއްވީ އަނިޔާއިން ސަލާމަތް ކޮށްދެއްވުން އެދި ކުރެވުނު ހާއްޞަ ދުޢާއަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ