މަސީހުގެ އިސްތިއުފާއަށް އެމްޕީ އަބްދުﷲ ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމަށާއި އެމަނިކުފާނު އިސްތިއުފާދެއްވަންޖެހޭ ކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބުދުﷲ އަހުމަދު ވިދާޅުވެއްޖެއެވެ.
އަބްދުﷲ އަހުމަދު ވިދާޅުވީ، މަޖިލީހުގެ މުޅި ދުސްތޫރީ ނިޒާމް ފުޑުފުޑުކޮށްލަން ޖާގައެއް ނުދެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ ރައީސްއަށް އެއްވެސް އިތުބާރެއް ނެތް ކަމަށާއި މަސީހު އިސްތިއުފާ ދޭން ޖެހޭ ކަމަށެވެ.
މަސީހުގެ އިތުބާރު ނެތްކަމަށް ޕީޕީއެމް އިން ސޮއި ކުރި 10 މެންބަރުންގެ ތެރޭގައި ވެސް އަބްދުﷲ ހިމެނެއެވެ.
މަސީހުގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓު މައްސަލައިގައި ސޮއި ކުރި މެންބަރުންނަށް ވުރެ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބުންމުން އަންނައިރު ޕީޕީއެމްގެ އިސް ފަރާތްތަކުން ބުންނީ އެ މައްސަލަ ފެއިލް ކޮށްލާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ