މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ހުކުމެއް ނުކުރާނެ: ގާސިމް

ރައްޔިތުންގެ މަޖިލީހަށް އިންތިހާބު ވާއިރު މެމްބަރު ހުންނަ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެ ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މަޖިލީހުގެ މެމްބަރު ކަމުގެ ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ބަންޑާރަ ނައިބު ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅުއްވާފައި ވީނަމަވެސް ސްޕްރީމްކޯޓުން އެގޮތަށް ހުކުމެއް ނުކުރާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިއަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވީ "ސުޕްރީމް ކޯޓުން އެގޮތަށް ހުކުމެއް ނުނެރޭނެ" ކަމަށާއި އެގޮތަށް ހުކުމެއް ނެރެން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ގާސިމް ވަނީ ވިދާޅުވެފައެވެ.
އަދި 2012 ވަނަ އަހަރު ސުޕްރީމް ކޯޓަށް ދައުލަތުން ހުށަހެޅި މައްސަލައެއްގައިވާ ގޮތުން ކައުންސިލަރުންނަށް އިންތިހާބުވާ ފަރާތްތަކުން ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭ ގޮތަށް ކަނޑައަޅައި ދިނުމަށް އޭރު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްލާހުގެ ވާހަކައެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެގޮތަށް ކަނޑައަޅުއްވާފައި ނުވާ ކަމަށެވެ.
ޕިޕީއެމްގެ މަޖިލިސް މެމްބަރުން އެ އިސްލާހަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވާއިރު , އެގޮތަށް ސުޕްރީމް ކޯޓުން ކަނަޑައަޅައިފި ނަމަ 25 މެމްބަރެއްގެ ގޮނޑި ގެއްލިގެންދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ