ޝުޖޫން އިސްތިއުފާ ދެއްވުމަކީ ލިބުނު ހިތާމައެެއް: މައުމޫން

ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އާއިޝާ ޝުޖޫން މުހައްމަދު އިސްތިއުފާ ދެއްވުމުން ހިތާމަކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ ރޭ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި 2007 ވަނަ އަހަރު ރާއްޖޭގައި ފުރަތަމަ އައްޔަންކުރި ދެ އަންހެން ފަނޑިޔާރުންގެ ތެރޭގައި ޝުޖޫން ހިމެނުއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގެންނެވި އުފާފުޅެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ